Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމު

ސަރުކާރުގެ ބޭނުމަކީ ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނި ކުރުން: ފިއްޓޭ

އެގޮތުން ބިނާވެށި ޤާނޫނަށް ގެނައި އިސްލާޙާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުން ފެންނަނީ ކައުންސިލްތަކުގެ ބާރު ހަނި ކުރާ މަންޒަރު ކަމަށް ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 08:27
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ލާމަރުކަޒީ ނިޒާމަށް އިސްލާޙު ގެނައުމަށްޓަކައި ޤަރާރެއް ހުށަހަަޅައިގެން އުޅެނީ، ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނި ކުރުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ފިއްޓޭ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޕާލަމެންޓްރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިއްޓޭ ވަނީ، ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ޤަރާރުގެ ވާހަކަ ދައްކަވައިފަ އެވެ.

ފިއްޓޭ ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދު ކުރާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްކެވި ނަމަވެސް، މަޖިލީހުގައި އޮތް ޤަރާރުގައި އޮތީ ކައުންސިލްތަަކަށް ކުރާ ޚަރަދުގެ ވާހަކަ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދެމުން އަންނަ ބްލޮކް ގްރާންޓަކީ، ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ރާއްޖޭގެ 187 ރަށަށް ދެމުން އަންނަ ފަސް އިންސައްތަ ކަމަށެވެ. ފަސް އިންސައްތައިގެ ބާކީ އޮތް 95 އިންސައްތަ އޮތީ އޮތް ގޮތަށްކަން ފާހަގަ ކުރައްވައި ފިއްޓޭ ވިދާޅުވީ، ޚަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، ބޮޑުތަނުން ޚަރަދު ކުޑަ ވާނީ 95 އިންސައްތައިގެ ހިފާލީމަ ކަމަށެވެ.

މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އޮއްވައި، އަނެއްކާ ވެސް ޚަރަދު ތަކެއް ކޮށްގެން ވަކި ވުޒާރާއެއް އުފައްދާފައިވާ ކަމަށް ފިއްޓޭ ވިދާޅުވި އެވެ. އެ ވުޒާރާގެ ޚަރަދަށް މިއަހަރު 150 މިލިއަން ބަޖެޓުގައި އޮތް ކަމަށާއި، އަންނަ އަހަރު އެ އަދަދު 280 މިލިއަނަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލްގެ ކަންކަން ބަލަހައްޓަން އެލްޖީއޭ އޮއްވައި، އިތުރު ވުޒާރާއެއް އުފައްދައިގެން ނެރެވުނު ނަތީޖާ އަކީ ޚަރަދު ކުޑަ ކުރެވުންތޯ ނުވަތަ ވިލަރެސް ކުރެވުނީ ކޮން ކަމެއްތޯ ފިއްޓޭ ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އެލްޖީއޭގެ ދައުރު ވެސް ސާފު ނުވާ ކަމަށާއި، ޚަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، އެ ދިމާލުން މަސައްކަތް ކުރުން ރަނގަޅު ކަމަށް ވެސް ފިއްޓޭ ވިދާޅުވެފައިވެ އެވެ.

ފިއްޓޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް އިސްލާޙު ގެންނަ މައިގަނޑު ސަބަބަކީ، ކައުންސިލްތަކަށް ލިބޭ ބޭރުތައް ހަނި ކުރުން ކަމަށެވެ. އެގޮތުން ބިނާވެށި ޤާނޫނަށް ގެނައި އިސްލާޙާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުން ފެންނަނީ ކައުންސިލްތަކުގެ ބާރު ހަނި ކުރާ މަންޒަރު ކަމަށް ވިދާޅުވެފައިވެ އެވެ.

ޚަރަދު މި މާނަ ކުރަނީ، އިނގޭ މީގެ ކުރިން ވެސް ތިބޭފުޅުންނަށް އިނގިވަޑައިގަންނަވާނެ ޤާނޫނުތަކަށް ގެނައި ބަދަލު. ލާމަރުކަޒީ ޤާނޫނަށް ބަދަލެއް ގެނައި، އަދި ބިނާވެށި ޤާނޫނަށް ގެނައި ބަދަލުތަކުން، މީގެން ކޮށްފައި މި ހުރި ކަމަކީ ކައުންސިލްތަކަށް ލިބޭ ބާރުތައް ހަނިކޮށްފައި، އެ ރަށެއްގައި ބޭނުން ހިފޭ ތަނެއް ވެއްޖިއްޔާ، މިއަދު ކަން އޮތް ގޮތުން ވެއްޖިއްޔާ ސަރުކާރުން ބޭނުންވެއްޖިއްޔާ އެތަނެއް ރަށުގެ އިހުތިސާސް އިން އުނި ކުރުން، ނުވަތަ ޓުވަރިޒަމަށް ނެގުން. އެ ބާރު އެބަ އޮވޭ މި ޤާނޫނުތަކުން ދީފައި. އެހެން ކުރަމުން އައިސް، ދެން މި ލިބޭ ގްރާންޓް ކުޑަ ކުރުމުގެ މަސައްކަތެއް މި އުޅެނީ.
ޙުސެއިން ޒިޔާދު / ވައިކަރަދޫ ދާއިރާގެ މެމްބަރު

މީގެ އިތުރުން ފިއްޓޭ ވިދާޅުވީ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ ކައުންސިލްތައް ގިނަ ކަމަށެވެ. އަދި ކައުންސިލްތަކުން ތަޖުރިބާ ދަތުރު ވެސް ދަނީ، ކައުންސިލަށް ލިބޭ އާމްދަނީ އިން ޚަރަދު ކުރުމަށް ފަހު ބާކީ އޮންނަ އެއްޗަކުންނެވެ.

މީގެ އިތުރުން ކައުންސިލްތަކުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުގެ ތެރެއިން ރަށްތަކަށް ބޮޑެތި ފައިދާ ވެފައިވާ ކަަމަށާއި، ބޭރުގެ ފަރާތްތަކާ ގުޅިގެން ރަށްތަކަށް ބޮޑެތި އިންވެސްޓްމަންޓް ގެންނަމުންދާ ކަމަށް ވެސް ފިއްޓޭ ވަނީ ވިދާޅުވެފަ އެވެ.

ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ހުށަހަޅުއްވާފައިވާ ޤަރާރު ވަނީ ބުދަ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމެޓީ އަށް ފޮނުވަން ފާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު