Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ޤައުމީ ޓީމު

އަނިޔާގެ ސަބަބުން ގްރީޒްމަން، ޤައުމީ ޓީމާ ދުރަށް

ފްރާންސް ޤައުމީ ޓީމުން އެންމެ ފަހުން ކުޅުނު 84 މެޗުގައި ވެސް ގްރީޒްމަން ވަނީ ކޮންމެ ވެސް ހިސާބަކުން ކުޅެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 00:36
ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އަންނަ އެންޓޮއިން ގްރީޒްމަން

ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އަންނަ އެންޓޮއިން ގްރީޒްމަން

ފްރާންސްގެ ޤައުމީ ޓީމުގެ އެންމެ މުހިންމު އެއް ފޯވާޑް، އެންޓޮއިން ގްރީޒްމަނަށް ޤައުމީ ޓީމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ޤައުމީ ޓީމާ ދުރަށް ދާން ޖެހުނީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. ގްރީޒްމަން އަށް ލިބިފައި ވަނީ ކަކުލުގެ އަނިޔާ އެކެވެ. އެ އަނިޔާގެ ސަބަބުން، އޭނާ ޖެހެނީ ދުވަސްކޮޅަކު ކުޅުމާ ދުރުގައި މަޑު ކޮށްލުމަށެވެ.

މިވަގުތު ފްރާންސް އިން ތައްޔާރުވަމުން އަންނަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި މި މަހުގެ 24 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗާއި، 27 ވަނަ ދުވަހު ޗިލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންކަމުން ގްރީޒްމަނަށް އެ ދެ މެޗުގައި ނުކުޅެވޭނެ އެވެ.

ޤައުމީ ޓީމާ ދުރަށް ދާން ގްރީޒްމަނަށް ޖެހުނުއިރު، ފްރާންސް ޤައުމީ ޓީމުން އެންމެ ފަހުން ކުޅުނު 84 މެޗުގައި ވެސް ގްރީޒްމަން ވަނީ ކޮންމެ ވެސް ހިސާބަކުން ކުޅެފަ އެވެ. އެހެންކަމުން އޭނާގެ އެ ރެކޯޑަށް ވެސް ނިމުމެއް އައީ އެވެ. އެހެންކަމުން ދެން ގްރީޒްމަނަށް ފްރާންސް ޤައުމީ ޓީމަށް މެޗެއް ކުޅެވޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ޖޫން މަހު ޖަރުމަނުގައި ފަށާ، ޔޫރޯ ފުޓުބޯޅަ މުބާރާތުގަ އެވެ. ޖަރުމަނު އަދި ޗިލީއާ ދެކޮޅަށް ފްރާންސް އިން ކުޅޭ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗަކީ، ޔޫރޯ މުބާރާތުގެ ކުރިން ކުޅޭނެ ފަހު މެޗުތަކެވެ.

ފްރާންސް ޤައުމީ ޓީމުން ގްރީޒްމަން އަށް ޖާގަ ލިބުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް 127 މެޗުގައި ފްރާންސް ޤައުމީ ޓީމަށް ކުޅެ، ޤައުމީ ޖާޒީގައި 44 ލަނޑު ޖަހައިފައެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އަދި 2020 ވަނަ އަހަރުގެ ޔޫރޯ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުއެންޓޮއިން ގްރީޒްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު