Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖުއުމްރާ އަތްމަތީ ފޮތް

ޖަމްއިއްޔަތުއް ޚައިރު އާއި ރާއްޖެޓީވީ ގުޅިގެން ހައްޖުވެރިންނަށް ހާއްސަ އަތްމަތީ ފޮތަކާއި ދުއާ ކާޑެއް ބަހަނީ!

ހައްޖާއި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭނުންވާ ވަރަށް މުހިއްމު މައުލޫމާތު ހިމެނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 އޯގަސްޓު 2017 | ހުކުރު 15:33
މި ފޮތް ރާއްޖެޓީވީން ލިބެން ހުންނާނެ

މި ފޮތް ރާއްޖެޓީވީން ލިބެން ހުންނާނެ

ޖަމްއިއްޔަތުލް ޚައިރާއި ރާއްޖެޓީވީ ގުޅިގެން ހައްޖުގެ އަޅުކަމާ ގުޅޭ މައުލޫމާތު ފޮތަކާއި ހައްޖު ދުއާތައް ހިމެނޭ ދުއާ ކާޑެއް ބަހަން ނިންމައިފި އެވެ.

ރާއްޖެ ޓީވީގެ މެނޭޖްމެންޓްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޖަމިއްޔަތުލް ހައިރާ ގުޅިގެން ހައްޖު ފޮތަކާއި ދުއާ ކާޑު ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ ޓީވީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. މި ފޮތް ހޯދުމަށް ހައްޖުވެރިން ވަޑައިގަންނަވާއިރު، އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ރާއްޖެ ޓީވީން އެދެ އެވެ.

Advertisement - newsAdvertisement

ހައްޖުގެ އަތްމަތީ ފޮތުގައި އެންމެ ފުރިހަމަ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރެވޭނެ މައުލޫމާތު ހިމެނޭއިރު، އެ ފޮތުގައި ހައްޖާއި އުމްރާގެ އަޅުކަމުގެ އެކި ރުކުންތައް ކުރާނޭގޮތާއި، އެ ރުކުންތައް އަދާކުރުމުގެ ކުރިން އަދިފަހުން ކަންކަން ކުރާނެގޮތް ވަރަށް ފަސޭހައިން ދޭހަވާނެގޮތަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އިހްރާމް ބަނުމުން ފެށިގެންގޮސް ހައްޖުގެ އަޅުކަން އަދާކޮށް ނިމެންދެއް ކަންކަން ކުރާނެ ގޮތް ވަރަށް ފަސޭހައިން ދޭހަނެ އެވެ.

ދުއާ ކާޑު ތައްޔާރުކޮށްފައި ވަނީ ކަރުގައި އަޅުވާލެވޭ ގޮތަށް ނުވަތަ ޖީބަށް ލައިގެން ގެންގުޅެވޭ ގޮތަށެވެ. މި ދުއާ ކާޑްގައި ހައްޖާއި އުމްރާގެ އަޅުކަމުގެ ތެރޭގައި ކިޔާނެ މުހިއްމު ދުއާތަކާއި އެ ދުއާތައް ކިޔާނެ ވަގުތުތައް ހިމަނާފައިވެ އެވެ.

ދިވެހި ހައްޖުވެރިން މި މަހުގެ ހަތެއްގައި ހައްޖަށް ފުރަން ފަށާނެ އެވެ. މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ދެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު