Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަބާލިއާއަށް އެހީގެ ޝިޕްމެންޓެއް ލިބުން

ޣައްޒާގެ ޖަބާލިއާއަށް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެހީ ލިބިއްޖެ

މިއެހީ ބެހުމުގެ ތެރެއިން ކޮންމެ އާއިލާއަކަށް ފަސް ކިލޯ (11 ޕައުންޑް) ފުށް ދީފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 10:14
ޖަބާލިއާއަށް ގެނައި ފުރަތަމަ އެހީގެ ޝިޕްމަންޓް

ޖަބާލިއާއަށް ގެނައި ފުރަތަމަ އެހީގެ ޝިޕްމަންޓް

ޣައްޒާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖަބާލިއާއަށް ފާއިތުވެ ދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންސާނީ އެހީ ލިބިއްޖެއެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނީ މިއެހީއަކީ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހަމަލާތައް ދޭންފެށިފަހުން ފާއިތުވެދިޔަ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ސިޓީއަށް ލިބުނު ފުރަތަމަ އިންސާނީ އެހީ ކަމަށެވެ.

ޣައްޒާގެ އުތުރުގެ ސަރަހައްދަށް އިންސާނީ އެހީ ހިފައިގެން ނުވަ ޓްރަކަކަށް ވަނުމުގެ ހުއްދަ އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާއިރު އޭގެ ތެރޭގައި ޖަބަލިއާ، ބެއިތު ހަނޫން އަދި ބެއިތު ލަހިޔާ ހިމެނެއެވެ.

ފުށް، ހަނޑޫ، ދަޅުކާނާ އަދި ހަކުރު ހިމެނޭ މި އެހީ ވަނީ ފަލަސްތީނުގެ ގަބީލާތަކާ ގުޅިގެން ޣައްޒާ ސަރުކާރުގެ ސަލާމަތީ ހިދުމަތްތަކުގެ ބެލުމުގެ ދަށުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ގެންގޮސްފައެވެ.

މިއެހީ މިހާރުހުރީ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ ނުވަތަ ޔޫއެންއާރްޑަބްލިއުއޭ (އަންރުވާ)އަށް ނިސްބަތްވާ ގުދަންތަކުގައި ޖަމާކޮށްފައެވެ.

ޣައްޒާ ސަރުކާރުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ ޤަބީލާތަކާ ގުޅިގެން އަންރުވާ އިން ފުރަތަމަ ފަހަރަށް ރެގިއުލަރ އެހީ ބަހަން ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.

ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޑިސްޓްރިބިއުޝަން ސެންޓަރަށް ޖަމާވެފައިވާއިރު، އެހީ ބެހުމުގެ ތެރެއިން ކޮންމެ އާއިލާއަކަށް ފަސް ކިލޯ (11 ޕައުންޑް) ފުށް ދީފައިވެއެވެ.

އިސްރާއީލުން ޣައްޒާގައި އަޅާފައިވާ ލޮކްޑައުންގެ ސަބަބުން ޣައްޒާގައި މަލްނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ސަބަބުން 27 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ޙަމަލާތަކެއް ދޭން ފަށާފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 31،600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 73،700 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްފަރުވާއަށް ޖެހިފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

ޣައްޒާއިޒްރޭލްފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު