Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް މައްސަލަ

މި ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ ފްލެޓް ލިސްޓާ ދޭތެރޭގައި އެގޮތަށް ކަންނުކުރާނެ - މީކާއީލް

18 މާރިޗު 2024 | ހޯމަ 04:26

ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ މިއަދާހަމައަށް، ފުލެޓް ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަމަށް ހައްލެއްގެނެވޭހާ ވަގުތު ލިބިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މާރިޗު 2024 | ހޯމަ 04:26
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ ނިކަމެތި ރައްޔިތުންނަށް ލިބިފައިވާ ފުލެޓާއި ދޭތެރޭގައި 3 މަސްވެގެން ދިޔައިރު، އެގޮތަށް އަމަލެއް ނުކުރައްވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގާމުގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ފާއިތުވި 3 މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އަމަލުތައް ހުރިގޮތަށް ބަލާއިރު، ފެންނަ އެއްކަމަކީ ސަރުކާރުގެ ނިޔަތް ރަނގަޅު ނޫން ކަމެވެ. ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ މިއަދާހަމައަށް، ފުލެޓް ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަމަށް ހައްލެއްގެނެވޭހާ ވަގުތު ލިބިއްޖެ ކަމަށާއި އަދި މައްސަލަ ނެތްކަމަށް އޭސީސީން ބުނާ ފޯމްތަކުގެ ފުލެޓްތައް އެންމެ ކުޑަމިނުން ރައްޔިތުންނަށް ހަވާލުކުރެވޭހާ ވަގުތު ސަރުކާރަށް ލިބިއްޖެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ސަރުކާރުން އެކަން ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަން ހާމަވެގެންދަނީ 3 މަސް ފާއިތުވެގެންދިޔަ އިރު ފުލެޓް މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ ކަމަށެވެ.

މީކާއީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީން ބުނަމުންދިޔައީ، ސަރުކާރު ބަދަލުވެއްޖެނަމަ، ވަކިން ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ، މާލޭގެ ރައްޔިތުންނަށް ގޯތިތަކެއް ނުދެއްވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ހެދި ދޮގުތަކާއި، އޮޅުވާލުމުގައި ޖެހި ރައްޔިތުން ހީކުރީ ރަޖިސްޓްރީއާއި ހަމައަށް ގޮސްފައި އޮތްކަމެއް ސަރުކާރަށް ބާތިލް ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓްރީވެސް މި ސަރުކާރުން ބާތިލްކޮށް، ގޯތި ނުދޭނެކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ މި ސަރުކާރު ދެކޮޅު ކަމެއް ކަމަށެވެ. އަދި އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރީ ޕީއެންސީގެ އެއިރުގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުއިއްޒުއާއި ލީޑަރޝިޕްގެ ބޭފުޅުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަދި ގޯތިތައް ހަވާލުކުރުމުގެ ނިޔަތެއް އޮތްނަމަ، އެންމެ ކުޑަމިނުން އެކަމާއި ގުޅޭ ފަހުގެ މައުލޫމާތެއް ރައްޔިތުންނަށް ދޭނެ ކަމަށާއި ނަމަވެސް މިހާތަނަށް އެއްކަމެއްވެސް މި ސަރުކާރުންކޮށްފައި ނުވާކަމަށް އަދި މިކަމުގައި މަޖިލީހުން ކުރެވެން ހުރި ހުރިހާކަމެއް އެމްޑީޕީން ކުރާނެކަމަށް މީކާއީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފްލެޓްގެދޮރުވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް