Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ފްރެއިބާގް ބަލިކޮށް، ލެވަކޫސަނުން ލީޑު ހިފަހައްޓައިފި

މޮޅާއެކު ލެވަކޫސަނުން ވަނީ އެއް ވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 00:24
ޖަރުމަނު ލީގުގަައި ބަޔާން މިއުނިކުންް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގަައި ބަޔާން މިއުނިކުންް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާ ލެވަކޫސަނުން އެ ޓީމުގެ ލީޑު ހިފަހައްޓައިފި އެވެ.

ފްރެއިބާގްގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލެވަކޫސަނުން ކާމިޔާބު ކުރީ 3-2 އިންނެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ލެވަކޫސަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެލެކްސް ގްރިމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްލޯރިއަން ވާޓްޒް އެވެ. އޭގެ އަށް މިނެޓު ފަހުން ރިޓްސޫ ޑޯން ވަނީ ލަނޑު ޖަހައި ފްރެއިބާގަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ހޮލާ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ލެވަކޫސަނަށް ލީޑު ނަގައިދިނީ އާދަމް ހޮޒެކް އެވެ.

މެޗުގައި ލެވަކޫސަނުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އެ ލަނޑު ޖެހީ ޕެޓްރިކް ޝިކް އެވެ. އޭނާ އެ ލަނޑު ޖެހީ ޖެރެމީ ފްރިމްޕޮންގް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ފްރެއިބާގްގެ ދެ ވަނަ ލަނޑު ޖެހީ ޔަނިކް ކެއިޓެލް އެވެ.

މޮޅާއެކު ލެވަކޫސަނުން ވަނީ އެއް ވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 27 މެޗުން އެ ޓީމަށް ލިބެނީ 70 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބަޔާން މިއުނިކަށް ލިބެނީ 60 ޕޮއިންޓެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާ ލެވަކޫސަން ފްރެއިގާބް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު