Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލެޓް ކޮމިޓީ

ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ

ހައްގުވާ ފަރާތްތަކަށް އެކަން ކަށަވަރުކުރަން މަޖިލީހުން ކުރަންޖެހޭ ހުރިހާކަމެއް ކުރާނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މާރިޗު 2024 | ހޯމަ 00:15
މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނެ ކަމަށް އެމްޑީޕީން ކުރިއަށް ގެންދާ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ ވިދާޅުވީ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޮޑެތި ބުހުތާނު ދޮގުތައް ހަދާ އޮޅުވާލުމުގެ މަސައްކަތް ރާވައިގެން އެންމެ މަތިން ފެށިގެން ކުރަމުން ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި، ސަރުކާރެއް ހިންގަން ޖެހޭނީ ރައްޔިތުންނަށް ދެފުށްފެންނަހެން ކަމަށާއި، ވީހާވެސް ބޮޑަށް ސަރުކާރުން ކުރާ ކަންކަން ސާފުވާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އީސަ ވިދާޅުވީ ހައުސިންގ ކޮމިޓީއަކީ އޮޅުވާލުމެއް ކަމަށާއި، އެއީ ސިޔާސީ ރޭވުމެއް ކަމަށެވެ. އަދި އެކަމަކީ އެތަކެއް ނިކަމެތި ރައްޔިތުންތަކެއްގެ ހައްގުތައް ނިގުޅައިގަތުމަށް ހިންގަމުންދާ ބޮޑު ޖަރީމާއެއް ކަމަށެވެ. އީސަ ވިދާޅުވީ ހައުސިން ކޮމިޓީއެއް ހެދުމުގައި މާލެ ސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އަދި މޭޔަރަށްވެސް އެނގުމެއް ނެތި ކޮމިޓީ ހައްދަވައިގެން ކުރާ މަސައްކަތުގެ މަގުސަދަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ސަރުކާރަށް މަސައްކަތްކޮށް، ތާއިދުކުރާ ފަރާތްތަކަށް ފުލެޓް ބަހާލުން ކަމަށެވެ.

ފުލެޓް ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. މި ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ފަސް މެމްބަރުންނެވެ. ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ވަނީ ބާއްވާފައެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަހުމަދު އީސަރައްޔިތުންގެ މަޖިލިސްމިސްރާބު ހަމަމަގަށް ކެމްޕެއިންފްލެޓް ކޮމިޓީ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު