Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރ ޤާސިމް

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް ހުށަހަޅައިފި

ގާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2024 | އާދީއްތަ 06:50
ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން ސާބިތުވެފައިވާ އަދުހަމް މުހައްމަދު މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމަށް ދައުލަތުން އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިއީ ހުޅުމާލޭގައި، 04 ޑިސެމްބަރު 2019 ދުވަހުގެރޭ، އަދުހަމްގެ އަތުގައި އޮތް، ތިލައިގެ ގާތްގަނޑަކަށް 06 (ހައެއް) އިންޗި ހުރި ވަޅިއަކުން ޙަމަލާދީ، މީހަކު މަރާލާފައިވާތީ އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ ދައުވާ ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ޙުކުމްކޮށްފައެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން މިހާރު ވަނީ އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައަޅާފައެވެ.

ގާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެއީ ގާސިމްގެ 5 ދަރިންނެވެ.

އަދުހަމް ވަނީ ކުށަށް އިއުތިރާފްވުމަށްފަހު ފަހުން އިއުތިރާފް އަނބުރާ ގެންގޮސްފައެވެ. އަދި ފަހުން އެ ކުށަށް އިއުތިރާފްވެފައެވެ. ދަށު ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ތަހުގީގުގައި އަދުހަމް އެކި ފަހަރުމަތިން ގާސިމް އަށް ހަމަލާދިން ގޮތާއިމެދު އެކި ގޮތަށް ވާހަކަ ދައްކާފައިވީނަމަވެސް، ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ގާޒީ ވަނީ ކާރުން ފެނުނު ޑީއެންއޭއާއި، ހަމަލާދިން ވަޅިން ފެނުނު ޑީއެންއޭ އަދުހަމްގެ ޑީއެންއޭއާއި ދިމާވާކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވައިވީނަމަވެސް، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މިއީ މީހުން ދިރިނޫޅޭ ހިސާބެއްގައި ދިން ހަމަލާއަކަށްވެފައި، ހަމަލާއަށްފަހު އަދުހަމް، ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިލައިގެން ދިއުމުގެ ސަބަބުން ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.

Taxi driver Gasim Hassan's murderކްރިމިނަލް ކޯޓްހައި ކޯޓުޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު