Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ބޭރުން ހިންގުން އިތުރުވުން

މިދުވަސްވަރު އާންމު ރޯގާތައް އިތުރުވާކަމަށް ފާހަގަކުރެވޭ، އެކަމަށް ސަމާލުކަން ދިނުން އެދެން: އެޗްޕީއޭ

ބަލީގެ އަލާމާތެއް ފެންނަނަމަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން މުހިންމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2024 | ހޮނިހިރު 18:26
އައިޖީއެމްއެޗް

އައިޖީއެމްއެޗް

މިދުވަސްވަރު މާލެ އާއި އަތޮޅުތެރޭގައި ރޯގާ އާއި ވައިރަލް ހުންފަދަ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭތީ އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު އަނާ ވިދާޅުވީ އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު މިދިޔަ ހަފްތާގައި މިފަދަ ބަލިތައް ފެނިފައިވާ މިންވަރު އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ރޯގާ އާއި ހުން ފެތުރުނަ ނުދިނުމަށް ކޮންމެ މީހަކަށްވެސް ކުރެވެން ހުރި މަސައްކަތެއް ކުރުމަކީ މުހިންމު ކަމެއްކަމަށް އަނާ ވިދާޅުވިއެވެ.

މިދުވަސްވަރަކީ ރަމަޟާން މަސް ކަމަށްވުމާއެކު ގިނަ ބަޔަކު އެއްތަނަށް އެއްވެ ގިނަ ކަންތައްތަކެއް ކުރާނެކަން ފާހަގަކުރައްވާ އަނާ ވިދާޅުވީ ބަލީގެ އަލާމާތެއް ފެންނަނަމަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން މުހިންމު ކަމަށެވެ. އަދި ގިނަގިނަ އިން އަތްދޮވުމާއެކު މާސްކު އަޅައިގެން އުޅުމާއި ސެނެޓައިޒްކުރުމަކީ މުހިންމު ކަމެއްކަމަށް އަނާ ވިދާޅުވިއެވެ.

މީގެއިތުރުން މިސްކިތަށް ދާ ފަރާތްތަކުންވެސް ރަނގަޅަށް އަތް ދޮވުން މުހިންމުކަމަށާއި މާބޮޑަށް ކެއްސާއި ކިނބިހި އަޅާނަމަ މާސްކު އަޅައިގެން މިސްކިތަށް ދިޔުމަށް އަނާ އެދިލެއްވިއެވެ.

އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު