Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގައި ބަޔަކު ޝަހީދުކޮށްލުން

‎‏ އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާގެ އެއް އާއިލާއެއްގެ 36 މީހުން ޝަހީދުކޮށްލައިފި‏

16 މާރިޗު 2024 | ހޮނިހިރު 13:17

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ‎‎ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،490 މީހުން ޝަހީދުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 މާރިޗު 2024 | ހޮނިހިރު 13:17
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ކޮންމެދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ކޮންމެދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 80 މީހުން ‎‎ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި އެއް އާއިލާއެއްގެ 36 މީހުން ޝަހީދުކޮށްލައިފަވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

‎ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ އައް-ޝިފާ މެޑިކަލް ކޮމްޕްލެކްސް ކައިރީގައި ‎‎ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ހަތް ބުރީގެ އިމާރާތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ‎‎ހަމަލާދީ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.‎

‎އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ އަލްޖާލާ މަގުގައި މީހުން ދިރިއުޅޭ ގެއަކަށް ވެސް ވައިގެ ހަމަލާތަކެއް ‎‎ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.‎

‎ޣައްޒާ ސިޓީގެ އަލް ތުއްފާ އަވަށުގެ ގެއަކަށް ވެސް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ ފަސް މީހަކު ޝަހީދުވެ އެތައް ‎‎ބަޔަކު ވަނީ ޒަހަމްވެފައެވެ.‎

‎އެ ސިޓީގެ އަލް ނަސްރު އަވަށުގެ ގެއަކަށްވެސް ހަމަލާދީ އާންމުންގެ ގިނަ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ.‎

‎މީގެ އިތުރުން އިސްރާއީލުން ޣައްޒާގެ މެދުތެރޭގެ ނުސީރަތު ކޭމްޕުގެ ދެ ގެއަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ތަތާތުބީ އާއިލާއަށް ‎‎ނިސްބަތްވާ 36 މީހުން ވަނީ ހިތާމަވެރި ގޮތަކަށް ޝަހީދުވެފައެވެ.‎

‎އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫން އަވަށުގެ ބައެއް ‎‎ސަރަޙައްދުތަކަށް ވެސް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.‎ އަދި މީގެ އިތުރުންވެސް ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގައި އިސްތިއުމާރީ ބާރުތަކުން ވަނީ އާބާދީ ބޮޑު ގެއަކަށް ބޮމުގެ ހަމަލާދީ އާންމުންގެ ގިނަ ބަޔަކު ‎‎ޒަޚަމްކޮށްލާފައެވެ.‎

‎އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު ޚާން ޔުނިސްގެ ހަމާދީ އަވަށުންވެސް ބަޑީގެ ހަމަލާތަކެއް ދީ، އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ‎

‎ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ވެސް ޝަރީއަތް ހިނގަމުން އަންނަ ‎‎އިސްރާއީލުން އަންނަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ހިންގަމުންނެވެ. ‎

‎ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ‎‎ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،490 މީހުން ޝަހީދުވެ 73،439 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.‎ މީގެ އިތުރުން، 7،000 އެއްހާ މީހުން، އެމީހުންގެ ގެދޮރުގެ ކުނިތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ. ‎

‎ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ‎‎ކުޑަކުދިންނެވެ.‎

‎އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، މިޞްރުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ރަފަހް ސިޓީއަށް ފަލަސްޠީނުގެ ގިނަ ‎‎ބަޔަކު ވަނީ ބަދަލުވާން މަޖުބޫރުވެފައެވެ.‎

ޣައްޒާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް