Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަނޑުމަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން

‎‏ކަނޑުމަގުން ގެނައި އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް ބާލައިފި‏

16 މާރިޗު 2024 | ހޮނިހިރު 11:36

އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ހިންގި އަސްކަރީ ކެމްޕޭނުގައި މިހާތަނަށް ޣައްޒާގައި 31،490 މީހުން ޝަހީދުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 މާރިޗު 2024 | ހޮނިހިރު 11:36
ޣައްޒާއަށް ކަނޑުމަގުން އެތެރެކުރި ފުރަތަމަ އެހީގެ ޝިޕްމެންޓް އަންލޯޑް ކުރަނީ

ޣައްޒާއަށް ކަނޑުމަގުން އެތެރެކުރި ފުރަތަމަ އެހީގެ ޝިޕްމެންޓް އަންލޯޑް ކުރަނީ

އިސްރާއީލްގެ އުދުވާނީ ހަމަލާތަކުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީގެ ގޮތުގައި ކަނޑުމަގުން ގެނައި ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް ބާލައިފިއެވެ.

އެމެރިކާގެ ޗެރިޓީއަކުން ހޮނިހިރު ދުވަހު ބުނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގައި ހަރަކާތްތެރިވާ އެ ޓީމުން، ‎‎ކަނޑުގެ އެހީގެ ފުރަތަމަ ޝިޕްމަންޓް އަންލޯޑްކޮށް ނިމިފައިވާ ކަމަށެވެ.‎

‎ވޯލްޑް ސެންޓްރަލް ކިޗަން އިން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ މުދަލެއް އަންލޯޑްކޮށް ޣައްޒާގައި ބެހުމަށް ތައްޔާރުވަމުން އަންނަ ‎‎ކަމަށާއި އެ އެހީއަކީ ގާތްގަނޑަކަށް 200 ޓަނުގެ ކާބޯތަކެތި ކަމަށެވެ.‎

‎އިރުމަތީ މެޑިޓެރޭނިއަން ހުރަސްކޮށް ކަނޑުމަތީގެ އެހީގެ އާ މަގެއް ފެށުމުގެ ގޮތުން ސައިޕްރަސް އިން ދަތުރުކުރުމަށް 240 ޓަނުގެ ‎‎ކާބޯތަކެތީގެ ދެވަނަ ބޯޓެއްވެސް ހުސްކުރުމަށް އެ ޖަމާއަތުން ދަނީ ތައްޔާރު ކުރަމުންނެވެ.‎

‎އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މި މަސައްކަތަކީ ޣައްޒާއަށް އދ.ގެ ފަރާތުންނާއި އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކުގެ ‎‎ފަރާތުން ޣައްޒާއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ކުޑަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތެކެވެ.‎

‎"އެ ޝިޕްމަންޓުގެ ތެރޭގައި ބީންސް، ކެރެޓް، ކޭންޑް ޓޫނާ، ޗޮކްލާ، ކޭންޑް ކޯން، ޕާބޮއިލްޑް ރައިސް، ފުށް، ތެޔޮ އަދި ލޮނު ފަދަ ބަލްކް ‎‎ޕްރޮޑަކްޓްތަކުގެ ޕެލެޓްތައް ހިމެނޭ،" ވޯލްޑް ސެންޓްރަލް ކިޗަން އިން ބުންޏެވެ.‎

‎އަދި ދެވަނަ ޝިޕްމަންޓުގައި ޑެލިވަރީކުރުމުގައި އެހީތެރިވުމަށް ފޯކްލިފްޓަކާއި ކެރޭނެއް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.‎

‎ހިއުމެނިޓޭރިއަން ގްރޫޕުން ބުނީ އެމީހުންގެ ދެވަނަ ބޯޓާއި ފަޅުވެރިންގެ އުޅަނދަށް ފުރޭނެ ދުވަހެއް އަދި ނޭންގޭ ކަމަށެވެ.‎

‎ސްޕެއިންގެ ޗެރިޓީ އެއް ކަމަށްވާ އޯޕަން އާމްސް އިން އޮޕަރޭޓްކުރާ ފުރަތަމަ އުޅަނދު އައިސްފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ‎‎ހުކުރު ދުވަހު ކަށަވަރުކޮށްދީފައިވާއިރު، އެ ސަރަހައްދު ރައްކާތެރިކޮށް ސެކިއުރިޓީ އިންސްޕެކްޝަނެއް ހެދުމަށް ސިފައިން ‎‎ހަރަކާތްތެރިވަމުންދާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ.‎

‎މި އެހީ ފޯރުކޮށްދިނުމަށް ވޯލްޑް ސެންޓްރަލް ކިޗަން އަށް ޖެހުނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުން ޖެޓީއެއް އެޅުމަށެވެ.‎

‎ޣައްޒާގައި ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއެއްގައި ‎‎ގާތްގަނޑަކަށް 1،160 މީހުން މަރުވުމާއި ގުޅިގެންނެވެ.‎

‎އެހަމަލާއަށްފަހު އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ހިންގި އަސްކަރީ ކެމްޕޭނުގައި މިހާތަނަށް ޣައްޒާގައި 31،490 މީހުން ޝަހީދުވެފައިވާ ‎‎ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.‎

‎އިޒްރޭލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ލޮޖިސްޓިކް ހުރަސްތަކުގެ ސަބަބުން ޣައްޒާއަށް އޯވަލޭންޑް އެހީ ފޯރުކޮށްދިނުން ‎‎ލަސްވަމުންދާތީ، ގައުމުތަކުން ވަނީ އެއާޑްރޮޕްތަކާއި އާ މެރިޓައިމް ކޮރިޑޯ ފަދަ އެހެން ގޮތްތައް ކުރިއަށް ގެންގޮސްފައެވެ.‎

‎ވޯލްޑް ސެންޓްރަލް ކިޗަންގެ ބާނީ ހޯސޭ އަންދްރޭސް ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވިދާޅުވީ ފުރަތަމަ ‎‎ޝިޕްމަންޓަކީ ޓެސްޓެއް ކަމަށާއި ކޮންމެ ހަފުތާއަކު އެތައް ހާސް ޓަނެއް ގެނެވިދާނެ ކަމަށެވެ.‎

ޣައްޒާފަލަސްތީނުއިޒްރޭލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް