Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާގެ ބިރު

ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކިކުރުމާމެދު ފާރަވެރިވުމަށް ގާނޫނަށް ބަދަލު ގެންނާނަން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ ވަޒީފާގެ ބިރު މިއަދު ވަރަށް ބޮޑަށް އެބައޮތް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2024 | ހޮނިހިރު 07:39
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް

ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކިކުރުމާ ގުޅޭގޮތުން މިހާރު އޮތް ގޮތަށްވުރެ ވަރުގަދަޔަށް ބެލޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނާނެކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ، ވަޒީފާގެ ބިރު މިއަދު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކިކުރުމާ ގުޅޭގޮތުން މިހާރު އޮތް ގޮތަށްވުރެ ވަރުގަދަޔަށް ބެލޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އެމްޑީޕީން ނިންމާފައި ވާކަމަށެވެ. އެކަމާ ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕްގައި މަޝްވަރާ ކުރެވިފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ބޭނުންހާ ގޮތަށް މުވައްޒަފުން ނުކެނޑޭ ގޮތަށް ގާނޫނުތައް ހަދާނެ ކަމަށެވެ. އެކަން ކުރާނީ އެމްޑީޕީގެ މެޖޯރިޓީއާއެކުކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު އެހެން ވިދާޅުވެފައިވާއިރު، ލ. ގަމު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގަމުގެ ފެނަކައިގެ މަސައްކަތްކުރާ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ 14 މާރިޗް 2024ގައެވެ. އޭގެތެރޭގައި 8 ޓެކްނީޝަނުން، 4 ސުޕަވައިޒަރުން، 3 ލޭބަރުން އަދި 2 އޮފިސަރުން ހިމެނެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން ފެނަކައިގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ވަޒީފާއިން މުވައްޒަފުން ވަކިކުރާ މައްސަލައާ ގުޅިގެން މީގެ ކުރިން ފެނަކައިން ބުނެފައިވަނީ، ވަޒީފާއިން މުވައްޒަފުން ވަކިނުކުރާ ކަމަށާއި، ކޮންޓްރެކްޓް އައުނުކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަނުވާ މުވައްޒަފުން ވެސް ވަކިކޮށްފައިވާކަން، ރާއްޖެ އެމްވީއަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ. މީގެ އިތުރުން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން މިހާތަނަށް މަސައްކަތްކުރަމުން އައީ ކޮންޓްރެކްޓް އާކުރާގޮތަށް، ތަފާތު އެކި ޕްރޮޖެކްޓްތަކުގައި ކަމަށް އެ މުވައްޒަފުން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވައި މާ ގިނަ ދުވަހެއް ނުވަނީސް އެކި ރަށްރަށުގެ ފެނަކަ، ސްޓެލްކޯ އަދިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ދަނީ ވަކިކުރައްވަމުންނެވެ. މީގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ އާއިލާތަކުގެ މީހުންނަށް ވަޒީފާ ހަމަޖައްސައިދެމުން ދާކަމަށް އެރަށްރަށުގެ ރައްޔިތުން ތުހުމަތުކުރެއެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްޑރ. މުހައްމަދު މުއިއްޒުފެނަކަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު