Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓް ކުރަން ނިންމައިފި

15 މާރިޗު 2024 | ހުކުރު 16:58

މި ޚާއްސަ އޮޕަރޭޝަންގައި ޖުމްލަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2024 | ހުކުރު 16:58
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް ހައްޔަރުކުރުން

ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް ހައްޔަރުކުރުން

ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި، އަތުލައިގަތް ބިދޭސީން ޑީޕޯޓު ކުރަން ނިންމާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝަމްއާން ވިދާޅުވީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

9 މާރިޗް 2024ގައި ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ޖުމްލަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި މި އެންމެންނަކީވެސް ފުޅާ ދާއިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި، ގިނަ އަދަދެއްގެ ބިދޭސީން ފުރުވާލަމުން ދާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އިމިގްރޭޝަންގެ އެންމެ އިސް މަގުސަދު ކަމަށް އެ އިދާރާއިން ބުނެއެވެ.

ޑޮލަރު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
23 ސެޕްޓެމްބަރު 2025

ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ
18 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު
02 ފެބުރުއަރީ 2025

ޑޮލަރުގެ އަގު ދަށަކަށް ނުދޭ - އެންމެ ދަށްކޮށް ވެސް ޑޮލަރު ގަންނަން ލިބެނީ 19 ރުފިޔާ އަށް

02 ފެބުރުއަރީ 2025
ޑޮލަރުގެ އަގު ދަށަކަށް ނުދޭ - އެންމެ ދަށްކޮށް ވެސް ޑޮލަރު ގަންނަން ލިބެނީ 19 ރުފިޔާ އަށް
13 ޑިސެމްބަރު 2024

"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"

13 ޑިސެމްބަރު 2024
"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"
17 ނޮވެމްބަރު 2024

ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނަން، އެއަށް އަމަލުކުރަން ޖެހޭނެ: ރައީސް މުއިއްޒު

17 ނޮވެމްބަރު 2024
ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނަން، އެއަށް އަމަލުކުރަން ޖެހޭނެ: ރައީސް މުއިއްޒު
24 އޮކްޓޯބަރު 2024

ތިރި ވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް!

24 އޮކްޓޯބަރު 2024
ތިރި ވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް!
22 އޮކްޓޯބަރު 2024

ގަވައިދާ ހިލާފަށް 3 ލައްކައަށްވުރެ ގިނަ ޑޮލަރު ބޭރުކުރަން އުޅުނު: ދިޔާނާ

22 އޮކްޓޯބަރު 2024
ގަވައިދާ ހިލާފަށް 3 ލައްކައަށްވުރެ ގިނަ ޑޮލަރު ބޭރުކުރަން އުޅުނު: ދިޔާނާ
21 އޮކްޓޯބަރު 2024

ބޭރަށް ގެންދަން އުޅުނު 81,130 ޑޮލަރު ދައުލަތަށް ނަގައި 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި

21 އޮކްޓޯބަރު 2024
ބޭރަށް ގެންދަން އުޅުނު 81,130 ޑޮލަރު ދައުލަތަށް ނަގައި 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 އޮކްޓޯބަރު 2024

ސެޕްޓެމްބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވް ފާހަގަކޮށްލެވޭ ވަރަށް ދަށަށް ހިނގައްޖެ

08 އޮކްޓޯބަރު 2024
ސެޕްޓެމްބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވް ފާހަގަކޮށްލެވޭ ވަރަށް ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް