Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ.ގެ ކާޑުގުދަނަކަށް އިސްރާއީލުން ހަމަލާދިނުން

‎‏ ރަފަޙްގައި ހުންނަ އދ.ގެ ކާޑު ގުދަނަކަށް އިސްރާއީލު ސިފައިން ހަމަލާދީފި‏‎

އަންރާ އިން ބުނީ އިސްރާއީލުން ބުދަ ދުވަހު ‎‎ދިން ހަމަލާއެއްގައި އެ ޖަމްޢިއްޔާގެ ގުދަނަކަށް ހަމަލާދިނުމުން އެތާންގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ.‎

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 މާރިޗު 2024 | ބުރާސްފަތި 12:32
އިސްރާއީލް ސިފައިން ރަފަޙްގައި ހަމަލާދިން ކާޑު ގުދަން

އިސްރާއީލް ސިފައިން ރަފަޙްގައި ހަމަލާދިން ކާޑު ގުދަން

އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަހައްޓާފައިވާފައިވާ ކާޑުގެ ބާވަތްތަކެއް ރައްކާކޮށްފައި ހުރި އދ.ގެ ގުދަނަކަށް އިސްރާއީލްގެ ނިރުބަވެރިން ހަމަލާދީފިއެވެ.  

ޣައްޒާގައި ހުންނަ އދ.ގެ އެހީދޭ މައި އެޖެންސީ (އަންރާ) އިން ބުނީ އިސްރާއީލުން ބުދަ ދުވަހު ‎‎ދިން ހަމަލާއެއްގައި އެ ޖަމްޢިއްޔާގެ ގުދަނަކަށް ހަމަލާދިނުމުން އެތާންގައި މަސައްކަތްކުރާ މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ.‎

‎ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ އަންރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އިރުމަތީ ފަރާތުގައި ‎‎ހުންނަ ކާބޯތަކެތި ޑިސްޓްރިބިއުޝަން ސެންޓަރަކަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި އަންރާގެ މުވައްޒަފަކު މަރުވެ ‎‎22 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.‎

‎އެ އެޖެންސީގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވީ ޣައްޒާގައި ބާކީ ހުރި އަންރާގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ތެރެއިން ‎‎އެއް މަރުކަޒަށް ހަމަލާ ދީފައި މިވަނީ ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ފެތުރެމުންދާދަނޑިވަޅެއްގައި ‎‎ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ބަނޑުހައިހޫނުކަން ކާރިސާއަކަށް ބަދަލުވަމުންދާ ކަމަށެވެ.‎

‎2.4 މިލިއަން މީހުންގެ ފަގީރު ސަރަހައްދަށް ކާބޯތަކެތި އަވަސްކުރުމަށް އެހީދޭ ގައުމުތަކާއި އެހީދޭ އެޖެންސީތަކާއި ޗެރިޓީތަކުން މަސައްކަތް ‎‎ކުރަމުން ދިޔައިރު، ފަސް މަހަށްވުރެ ގިނަ ދުވަސް ވަންދެން ހިނގި ހަނގުރާމައިގެ ސަބަބުން އާންމުން މަރުވެ، ބޮޑެތި ސަރަހައްދުތައް ވަނީ ފަޅު ބިމަކަށް ވެފައެވެ.‎

‎"ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ކޮންމެ ދުވަހަކު ވެސް އެމީހުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭވަރުގެ މިންވަރަސް ކާނާ ބޭނުންވެއެވެ.

‎ޣައްޒާގެ ދެކުނު ބޯޑަރުގައި އޮންނަ ރަފަހް އަކީ އިސްރާއީލުގެ ބިމުގެ ހަމަލާއަކުން ސަލާމަތްވެފައިވާ ގޮނޑުދޮށުގެ ސަރަހައްދުގެ އެންމެ ފަހު ‎‎އާބާދީގެ މަރުކަޒު ކަމަށް ވާއިރު، އިސްރާއީލުގެ އޮފިޝަލުން އަންނަނީ އެ ސިޓީއަށް އެއްގަމު ސިފައިން ފޮނުވާނެ ކަމުގެ އިންޒާރު ‎‎ތަކުރާރުކޮށް ދެމުންނެވެ.‎

‎އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު އަނެއްކާވެސް ރަފާއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވެފައިވާއިރު، ފަލަސްތީނުގެ ‎‎1.5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ އެ ސަރަހައްދުގައެވެ.

‎އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކާއި އެއްގަމު ހަމަލާތަކުގައި ފަލަސްތީނުގެ 31،272 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ‎‎ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މީގެ ކުރިން ބުނެފައި ވަނީ ރަފާހުގައި ހުންނަ "އަންރުވާ" ގެ ގުދަނަށް ދިން ބޮމުގެ ހަމަލާގައި ‎‎ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި، 22 މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށެވެ.‎

ޣައްޒާއިޒްރޭލްފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު