Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ މަސައްކަތްތައް

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭސީސީއަށް ވަކި ބިމަކާއި އިމާރާތެއް ބޭނުންވޭ: ޝާމިލް

މަސައްކަތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށްވެސް ޝާމިލް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2024 | ބުރާސްފަތި 06:11
އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ވަކި ބިމަކާއި އިމާރާތެއް ބޭނުންވާކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ.

އަހަރީ ރިޕޯޓުގައި ހިމަނުއްވާފައިވާ ބަސްފުޅުގައި ޝާމިލް ވިދާޅުވީ، 2023 ވަނަ އަހަރަކީ ކޮމިޝަނުގެ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިޚާބާއި، އިންތިޤާލީ މަރުޙަލާ އަދި އައު ސަރުކާރުން ވެރިކަން ހިންގުމުގެ ބާރާ ޙަވާލު ވުމުގެ ކަންކަންވެސް ހިމެނޭކަން ޝާމިލް ފާހަގަ ކުރެއްވިއެވެ.

ޝާމިލް ވިދާޅުވީ، އެ ހުރިހާ ދަނޑިވަޅެއްގައިވެސް ކޮމިޝަން ދެމިއޮތީ ރައްޔިތުންގެ މަސްލަޙަތުގައި ކަމަށެވެ.

އޭގެ އިތުރުން، ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށްވެސް ޝާމިލް ވިދާޅުވިއެވެ. އެގޮތުން ކޮމިޝަނަށް ވަކި ބިމަކާއި އިމާރާތެއް ބޭނުންވާކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މިނިވަން މުސްތަޤިއްލު މުއައްސަސާއަކަށް އެކަންކަން ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝާމިލް ވަނީ ކޮމިޝަނުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރިއެރުން އަންނަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

އޭގެ އިތުރުން، 2023 ވަނަ އަހަރަކީ ކޮމިޝަނުގެ ތަހުގީގުތައް އަވަސްކޮށް، ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް އިޖުރާއީ ބޮޑެތި ބަދަލުތަކެއް ގެނެވުނު އަހަރެއްކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

2023 މޭ 07 އިން ފެށިގެން އެ ކޮމިޝަނުގެ އިދާރާ ހިންގަމުން ގެންދަނީ މ. ފިނިފަރުގައެވެ.

އޭސީސީ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިންގައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން އެ އިމާރާތް ހުސްކުރަން އެންގުމާއެކު، އަމިއްލަ ފަރާތެއްގެ އިމާރާތެއް ކަމަށްވާ ހ. ސަކީނާ މަންޒިލްގެ ފަސް ފްލޯ ކުއްޔަށް ހިފައިގެން އެތަނަށް އެ އޮފީސް ބަދަލު ކުރީއެވެ.

އޭސީސީން މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ތަނުގެ ކުއްޔަށް ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެގޮތުން ސަރުކާރުގެ އިމާރާތެއްގެ ބަދަލުގައި އަމިއްލަ މީހެއްގެ ތަނެއް ކުއްޔަށް ހިފައިގެން ބަދަލުވުމުން، ތަނުގެ ކުއްޔަށް ހޭދަވާ ވަރާއެކު، ބަޖެޓަށްވެސް ބޮޑު އަދަދެއް ކަނޑައަޅަން ޖެހެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
08 އޯގަސްޓު 2025

"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."

08 އޯގަސްޓު 2025
"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."
20 އެޕްރީލު 2025

ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ

20 އެޕްރީލު 2025
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
28 ފެބުރުއަރީ 2025

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު