Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާދޫ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް

ގާދޫ ޕޯޓުގެ މަސައްކަތް: އަދިވެސް މަޝްރޫއު އިއުލާނެއް ނުކުރޭ، ނިމުނީ ރީސާޗްގެ މަސައްކަތް އެކަނި

ލ.އަތޮޅުގައި ޕޯޓަކާއެކު ބަންކަރިން ޚިދުމަތްތައް ފެށިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މާރިޗު 2024 | ބުރާސްފަތި 06:27
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

ލ. އަތޮޅު ގާދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރީސާޗް ހަދާ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ޕޯޓު ތަރައްގީ ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ހަފުތާ 14 ގައި ވެސް ހިމަނާފައިވާ ކަމެކެވެ. ލ. އަތޮޅު ގާދޫގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 23 ނޮވެންބަރު 2023 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްއިރު މިމަޝްރޫއުގެ އިއުލާން ކޮށްފައިނުވެއެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ވަޖީހު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، ލ.އަތޮޅުގައި ޕޯޓަކާއެކު ބަންކަރިން ޚިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް މިމަޝްރޫއު އިއުލާން ކުރެވޭނެ ތަރީހެއް، މަސައްކަތް ކުރިއަށް ގެންދާ ޕްލޭން ހިއްސާކޮށްފައިނުވެއެވެ. އަދި ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރީސާޗެއް ހަދާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ އުންމީދު ކުރާ ކަމަށެވެ.

ވަޖީހު ވިދާޅުވީ މިދައުރުގެ ތެރޭގައި މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގެ މީހުން ލ. ފޮނަދު އަށް ބަދަލުކުރީ 2016 އަހަރުގެ ތެރޭގައެވެ. ގާދޫގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހާ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ގުދުރަތީ އެތައް ރީތި ކަމެއް ލިބިފައިވާ އެ ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ. އެރަށުގައި މިސަރުކާރުން ޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި ގާދޫ ވަނީ ހިމާޔަތް ވެސް ކޮށްފައެވެ.

މިސަރުކާރުން ނިންމާފައިވަނީ އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމަށްފަހު، އެ ރަށާއި ފޮނަދުއާ ދެމެދު ރިސޯޓެއް ހެދުމަށެވެ. އަދި އެ ރިސޯޓުގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމަށް މިސަރުކާރުންގެ އިސްބޭފުޅުން ވިދާޅުވެއެވެ.

އެމްޕީއެލްގާދޫ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު