Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަކަރިއްޔާ ގެއްލުން

ކަނޑު އަޑިން ޑިންގީ ފެނިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 12 ޖުލައި 2025 | ހޮނިހިރު 06:13
ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ

ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ

ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް، މިދިޔަ ބުރާސްފަތު ދުވަހު ގެއްލުނު ގދ. ގައްދޫ, ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑިއެފުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން ގުޅިގެން ހޮނިހިރު ދުވަހު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސިފައިން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ޑިންގީ ފެނުނު ވާހަކަ ބުނި ނަމަވެސް ޒަކަރިއްޔާ ފެނުނު ކަމަކަށް ނުބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލް މެމްބަރު އަލީ ޝަރީފު ވިދާޅުވީ ގެއްލިގެން ހޯދަމުން ދާ އުމުރުން 79 އަހަރުގެ މީހާއަކީ އަބަދުވެސް ޑިންގީގައި އެކި ބޭނުންތަކުގައި ގަމަށް ދަތުރުތައް ކޮށް އުޅޭ މީހެއް ކަމަށެވެ. އެގޮތުން އެމީހާ އެނބުރި ރަށަށް ނައިސްގެން ލަސްވެގެން ފުލުންނަށް ރިޕޯޓުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ކަމަށެވެ.

އަލީ ޝަރީފު ވިދާޅުވީ އެ މީހާ ދަތުރުކުރި ޑިންގީ ގަމަށް ދާން ފުރި އިރުވެސް އޭގެ އިންޖީނު މައްސަލައެއް އުޅޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ ގަމަށް ދިއުމަށް ފުރަން ވެގެން ޑިންގީ ސްޓާޓު ނުވެގެން އުޅުނު ކަމަށާއި އެ ޑިންގީގެ ސްޓާޓު ކުރީވެސް ވެސް އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ކަަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެންމެ ފަހުން ޒަކަރިއްޔާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެކެވެ.

އަދި ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާނަމަ، 7791755 ނުވަތަ 7211233 އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ގާދޫ ޒަކަރިއްޔާ މުޙައްމަދުގަމުޑިންގީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

ގައްދޫއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ، ނަމަވެސް އޭނާ ދަތުރު ކުރި ޑިންގީގެ ނަގިލި ވަނީ ފެނިފަ

11 ޖުލައި 2025
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

11 ޖުލައި 2025
ގައްދޫ އިން 75 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަނީ

ގައްދޫ އިން 75 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަނީ

10 ޖުލައި 2025
މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

24 ޖޫން 2025
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު