Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު ސަނީފުގެ ފާޑުވިދާޅުވުން ޝާހިދަށް

ދިޔަވަރު ނޫހާ އެއްވެސް ގުޅުމެއް ނެތް: ޝާހިދު

13 މާރިޗު 2024 | ބުދަ 14:18

މީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2024 | ބުދަ 14:18
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ދިޔަވަރު ނޫހާ އެއްވެސް ގުޅުމެއް ނެތްކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ، މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ތިނަދޫ ދެކުނު މެންބަރު ސަނީފު ދެއްކެވި ވާހަކަފުޅުގައި، އޮންލައިންކޮށް ލިޔާ ދިޔަވަރު ނަމަކަށްކިޔާ ނޫހަކާ ޝާހިދާ ގުޅުމެއް ވާކަމަށް ދެއްކެވި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން، ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށާއި، ފިނޑި ކަމެއް ކަމަށެވެ.

ޝާހިދު މިކަން ދޮގުކުރެއްވިއިރު، މެންބަރު ސަނީފު ވިދާޅުވެފައިވަނީ ޝާހިދުގެ އިރުޝާދާ އެއްގޮތަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މެމްބަރުންނާ ގުޅޭގޮތުން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ފަތުރުއްވަމުން ގެންދަވާކަމަށެވެ.

އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން އިއްވިއިރު މެންބަރު ސަނީފު ވިދާޅުވީ އެއީ ކޮންމެހެން ވެސް ގެންނަންޖެހޭ ގާނޫނެއް ކަމަށެވެ. މި ސަރުކާރާ ގުޅުމަށް އެމްޑީޕީން 13 މެމްބަރުން ވަކިވިއިރު، އެމްޑީޕީގެ ތުހުމަތަކީ 20 ވަނަ މަޖިލީހުގައި ވެސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުންކަން ފާހަގަކުރައްވައި މެންބަރު ސަނީފް ވިދާޅުވީ، ސީދާ ޕާޓީ ދޫނުކޮށްވެސް އެމްޑީޕީ މެމްބަރުން ސަރުކާރު ބޭނުންވާ ގޮތަށް ބިލުތަކާމެދު އަމަލުކުރަމުން ގެންދާކަމަށެވެ.

މީގެ އިތުރުން މުހިންމު ބިލުތަކަށް ވޯޓަށް އަހާ ގަޑިތަކުގައި އެކި އުޒުރުތައް ދައްކައި ތަޅުމުން ބޭރަށް ވަޑައިގަންނަވާ އެއް މެންބަރަކީ ސަނީފް ކަމަށް ތުހުމަތު ކުރާތާ ދުވަސްތަކެއް ވެފައިވާތީ އެކަމަށް ރައްދު ދެއްވައި ސަނީފު ވިދާޅުވީ، އޭނާގެ ބޮލުގައި އެ ވާހަކަތައް އެޅުވުމުގެ އަޑީގައި ހުންނެވީ ޑިމޮކްރަސީގެ އުސޫލެއް ނެތި، ވޯޓަކާނުލައި އެމްޑީޕީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޝާހިދު ކަމަށެވެ. އަދި ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނު އެކުލަވާލައި ހަރުކަށި އުސޫލުތައް ގެނައުމުގެ ކުރިން ހަރުދަނާކުރަންވީ ޕާޓީތަކުގެ ގާނޫނު ކަމަށެވެ.

ޢަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
21 ނޮވެމްބަރު 2024

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

21 ނޮވެމްބަރު 2024
ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް