Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖެނިންގައި ދިން ހަމަލާތައް

އިސްރާއީލު ސިފައިން ޖެނިންގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައި އިތުރު ފަސް މީހަކު ޒަޚަމްކޮށްލައިފި

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000 މީހުނަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން‎

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 04:26
ޖެނިންގައި އިސްރާއީލްގެ ފައުޖުތަކުން ހަރަކާތްތެރިވަނީ

ޖެނިންގައި އިސްރާއީލްގެ ފައުޖުތަކުން ހަރަކާތްތެރިވަނީ

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް ރޭ އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެ، ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ލޯކަލް އަދި މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 20 އަހަރުގެ ފަލަސްތީނުގެ ޒުވާނެއް ކަމަށްވާ ރާބީ އަލް ނޫރްސީ ޝަހީދުވެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ބަޑީގެ ހަމަލާތަކުގައި ލިބުނު ޒަހަމްތަކަކާ ގުޅިގެންނެވެ. މީގެ އިތުރުން ފަސް މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ އިރު، އާދައިގެ މިންވަރަކުން ފެށިގެން ސީރިއަސް ޒަހަމްތަކާ ހަމައަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަފާގެ ނޫސްވެރިޔާ ބުނި ގޮތުގައި އިސްރާއީލުގެ އަސްކަރީ ފައުޖެއް އެ ސިޓީގެ ޖެނިން ގަވަމެންޓަލް ހޮސްޕިޓަލްގެ ޔާޑަށް ވަދެ، އިމަޖެންސީ ޑިޕާޓްމަންޓް ކުރިމަތީގައި ތިބި އާންމުންގެ ބަޔަކަށް ސީދާ ބަޑީގެ ހަމަލާތަކެއް ދީ، އެތައް ބަޔަކު ޒަހަމްވެ، ފަހުން ޒަހަމްވި މީހުންގެ ތެރެއިން މަދުވެގެން އެކަކު ޝަހީދުވިކަން ވަނީ އިއުލާނުކޮށްފައެވެ.

ޝަހީދުވި ޒުވާނާއަށް ލިބުނު އަނިޔާގެ ތެރޭގައި ބޮލަށް ލިބުނު ސީރިއަސް ޒަހަމްތަކާއި ވާތު ފައިގެ އަނިޔާއާއި އަތުގެ ޒަހަމްތަކާއި ކޮނޑަށް ލިބުނު އަނިޔާގެ އިތުރުން ބުރަކަށީގެ އުނަގަނޑަށް ލިބުނު އަނިޔާތައް ހިމެނެއެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރޭ ދަންވަރުގެ ފަހުން ޖެނިން ސިޓީއަށާއި އެ ސިޓީގެ ރެފިއުޖީ ކޭމްޕަށް ވަދެ ކުރިމަތިލުންތައް ހިންގައި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

ފަލަސްތީނުގެ ސަލާމަތީ ބާރުތަކާއި އެގައުމުގެ މަސްދަރުތަކުން ވާފާއަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލު ސިފައިން ވަނީ ޖެނިން ސިޓީއަށާއި ޖެހިގެން އޮންނަ ރެފިއުޖީ ކޭމްޕަށް ވަދެފައިވަނީ ޑްރޯން އާއި ހާއްސަ އަންޑަކަވާ ޔުނިޓްތަކުގެ އެހީގައި އެތައް އަސްކަރީ ވެހިކަލްތަކަކާއި ބުލްޑޯޒަރުތަކެއް ހިފައިގެންނެވެ.

ހަމަލާދިން ސިފައިންނާ ގުޅިފައިވާ ޑީ9 ބުލްޑޯޒަރަކުން ޖެނިން ރެފިއުޖީ ކޭމްޕްގެ ވަށައިގެންވާ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ބޮޑެތި މަގުތަކާއި ނަރުދަމާ ލައިންތައް ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ބައެއް މީހުންނާއި މަންޒަރު ދުށް މީހުން ބުނެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްވެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދިން ނުރައްކާތެރި އަސްކަރީ ޙަމަލާއެއްގައި ‎‎1200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ޙަމަލާތަކެއް ދޭން ފަށައިފައެވެ.‎

‎އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000 މީހުނަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެގޮތެއްވެއް ޣައްޒާގައި މިހާރުނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.‎

‎ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.‎

ޣައްޒާއިޒްރޭލްފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު