Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕެނަލްޓީގައި ޕޯޓޯ ބަލިކޮށް، އާސެނަލް ކުއާޓާ ފައިނަލަށް

އާސެނަލުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައި، ޕޯޓޯ އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2024 | ބުދަ 00:42
މެޗުން މޮޅުވުމާއެކު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމާއެކު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ޕޯޓޯ ބަލިކޮށް، އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބު ކުރީ ޕޯޓޯ އިންނެވެ. އެ މެޗުން ޕޯޓޯ މޮޅުވެފައި ވަނީ ވެސް ފަހު ވަގުތު ޖެހި ލަނޑުންނެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ރޭ، އާސެނަލްގެ އަމިއްލަ ދަނޑުގައި އެ ޓީމަށް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ.

މެޗުގައި އާސެނަލުން ވަނީ ލަނޑު ޖަހައި، އެގްރިގޭޓު ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ މާޓިން އޮޑެގާޑް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އެ ދެ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާސެނަލްގެ އޮޑެގާޑް، ކައި ހަވާޓްޒް، ބުކާޔޯ ސަކާ އަދި ޑެކްލަން ރައިސް ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފަ އެވެ. ޕޯޓޯ އަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެއީ ޕެޕޭ އަދި މާކޯ ޖުރިޗިކްގެ ޕެނަލްޓީ އެވެ. ޕޯޓޯގެ ވެންޑެލް އަދި ގަލެނޯގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްޕޯޓޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު