Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެ ވަނަ ލެގުގައި ނަޕޯލީ ބަލިކޮށް، ބާސެލޯނާ ކުއާޓާ ފައިނަލަށް

13 މާރިޗު 2024 | ބުދަ 00:39

ކުއާޓާ ފައިނަލްގެ ޖާގަ ބާސެލޯނާ އިން ހޯދީ އެގްރިގޭޓު ނަތީޖާ 4-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މާރިޗު 2024 | ބުދަ 00:39
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިންނާއެކު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިންނާއެކު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އިޓަލީގެ ނަޕޯލީ ބަލިކޮށް، ސްޕެއިންގެ ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބޭއިރު، ބާސެލޯނާ އިން ވަނީ 3-1 އިން ނަޕޯލީ ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލްގެ ޖާގަ ބާސެލޯނާ އިން ހޯދީ އެގްރިގޭޓު ނަތީޖާ 4-2 އިންނެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ބާސެލޯނާ އިންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބާާސެލޯނާ އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ފާމިން ލޮޕޭޒް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާ އެވެ. އޭގެ ދެ މިނެޓު ފަހުން، ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ނަޕޯލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރު އާމިރު ރަހްމާނީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މަތެއޯ ޕޮލިޓާނޯ އެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާނަޕޯލީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް