Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު އިސްމާއިލްގެ މައްޗަށް ކުރި ދަރަނި ހުކުމް

މެންބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާގޮތުން މިފަދަ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 މާރިޗު 2024 | އަންގާރަ 18:50
ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް ދަރަނި ދައްކަން ސިވިލް ކޯޓުން އަންގާރަ ދުވަހު ކޮށްފައިވާ ހުކުމް ބާތިލް ކޮށްދޭން އޭނާގެ ފަރާތުން އެ ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އަކީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަނީގެ މައްސަލައެކެވެ. އެއީ 856،830 ރުފިޔާއެވެ. ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާ ގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި ކަމަށް، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން މެމްބަރު އިސްމާއީލްގެ މައްޗަށް ދައުވާކުރީ މަސައްކަތް ސަބް-ކޮންޓްރެކްޓްކޮށްފައިވާ މޫސާ ޚަލީލް ކިޔާ މީހެކެވެ. ނަމަވެސް އޭނާއަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފައިވާކަން، ކުރިން މި މައްސަލައިގައި ކުރި ހުކުމުން ސާފުކޮށް އެނގެން އޮތްކަން މެމްބަރު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ. އެއް މައުޟޫއެއްގައި ގޮތް ނިންމާފައިވަނިކޮށް ދެވަނަ ފަހަރަށް ހަމަ އެ މައްސަލަ ބަލާފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް މިއީ 2020 ވަނަ އަހަރުވެސް ބަލާފައިވާ މައްސަލައެއް ކަމަށް ވުމުން މި މައްސަލަ ނުބެލޭނެކަން މެމްބަރު ފާހަގަކުރައްވައެވެ. އެގޮތުން 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ނިންމާފައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބުނާގޮތުން މިފަދަ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.

ދުވާފަރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
21 މެއި 2023

ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން

21 މެއި 2023
ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން
04 މާރިޗު 2022

ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު

04 މާރިޗު 2022
ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު
20 ސެޕްޓެމްބަރު 2021

ދުވާފަރުގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ލުއި ދީފި

20 ސެޕްޓެމްބަރު 2021
ދުވާފަރުގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ލުއި ދީފި
15 އޯގަސްޓު 2021

ފާއިތުވި 24 ގަޑިއިރު ދުވާފަރުން ޕޮޒިޓިވް ކޭސްއެއް ނުފެނޭ، އަދި 18 މީހަކު ބަލިން ރަނގަޅުވެފައިވޭ

15 އޯގަސްޓު 2021
ފާއިތުވި 24 ގަޑިއިރު ދުވާފަރުން ޕޮޒިޓިވް ކޭސްއެއް ނުފެނޭ، އަދި 18 މީހަކު ބަލިން ރަނގަޅުވެފައިވޭ
14 އޯގަސްޓު 2021

ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް

14 އޯގަސްޓު 2021
ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު