Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚަރަދު ކުޑަ ކުރުން

ޚަރަދު ކުޑަކުރަން ޖެހުމުގެ ވާހަކަ ދެކެވެނީ، ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދޭން ނުވަތަ، މަސްވެރިންނަށް ފައިސާ ދޭން ޖެހުމުން އެކަނި: އިސްމާއީލް

ސަރުކާރުން ހުރިހާ ޕްރޮޖެކްޓްތަކެއް ހުއްޓާލައިފައި ހުރިއިރު އޭގެ ސަބަބެއް ކަމަށް ސަރުކާރުން ބުނަމުންދަނީ، ޚަރަދު ކުޑަކުރުން ކަމަށް ވިދާޅުވި ނަމަވެސް، އެ މަންޒަރެއް ނުފެންނަ ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 24 ފެބުރުއަރީ 2024 | ހޮނިހިރު 18:38
ދުވާފަރު ދާއިރާގެ މެމްބަރު އިސްމައިލް މުހައްމަދު

ދުވާފަރު ދާއިރާގެ މެމްބަރު އިސްމައިލް މުހައްމަދު

ބޮޑެތި ގްރޫޕުތައް ހަދައިގެން ރަށްތަކަށް ދަތުރުކުރައްވާއިރުގެ އިތުރުން، ރައީސްގެ ގެކޮޅަށް މިލިއަނުން ޚަރަދު ކުރައްވާއިރު ޚަރަދު ކުޑަކުރެއްވުމުގެ ވާހަކައެއް ނުދައްކަވާ ކަމަށާއި، ޚަރަދު ކުޑަކުރަން ޖެހުމުގެ ވާހަކަ ދެކެވެނީ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދީ، މަސްވެރިންނަށް ފައިސާ ދޭން ޖެހުމުން އެކަނި ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ މިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް އެކި ޕްރޮޖެކްޓްތައް ފައްޓަވައިގެން ހިންގެވި ކަމަށާއި، އެ ޕްރޮޖެކްޓްތަކަކީ ޒަމާނުއްސުރެއް ހައްލު ނުލިބިފައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް ގެންދެވުނު ޕްރޮޖެކްޓްތަކެއް ކަމަށެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މިއަދު އެ ހުރިހާ ޕްރޮޖެކްޓްތަކެއް ހުއްޓާލައިފައި ހުރިއިރު އޭގެ ސަބަބެއް ކަމަށް ސަރުކާރުން ބުނަމުންދަނީ، ޚަރަދު ކުޑަކުރުން ކަމަށެވެ. އެހެން ނަމަވެސް ޚަރަދު ކުޑަކުރައްވަން ސަރުކާރުން މަސައްކަތްކުރާތަނެއް ޢަމަލަކުން ނުފެންނަ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރާއްޖެއިން ބޭރަށް ސަރުކާރުން ކުރައްވާ ދަތުރުތަކުން، ޚަރަދު ކުޑަކުރައްވަން މަސައްކަތް ކުރާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، މި ދުވަސްވަރު ވަކިން ޚާއްސަކޮށް ބޮޑެތި ގްރޫޕުތައް ހައްދަވައިގެން ރަށްރަށަށް ކުރައްވާ ދަތުރުތަކުން ވެސް ޚަރަދު ކުޑަކުރައްވާ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މެންބަރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އާންމު ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ކަމެއް، ރަށްރަށަށް ތަރައްގީއެއް އަދި މަސްވެރިންނަށް ފައިސާ ދޭން ޖެހުމުން އެކަނި ކަމަށެވެ. އަދި އެ ހާލަތުގައި ދައުލަތުގައި ލާރިއެއް ވެސް ނޯންނާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު