Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުވާފަރު ކޮރަޕްޝަން

ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން

21 މެއި 2023 | އާދީއްތަ 07:37

ދައުވާކޮށްދޭން އެދުނު މީހުންގެ ތެރޭގައި ކައުންސިލްގައި އޭރު ތިބި މެންބަރުންނާއި މުވައްޒަފުން ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2023 | އާދީއްތަ 07:37
ދުވާފަރު ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ދުވާފަރު ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ރ. ދުވާފަރު ކައުންސިލް މެންބަރުންނާއި އެ ކައުންސިލްގެ ބައެއް އިދާރީ މުވައްޒަފުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ހުށައަޅާފައިވާ މައްސަލައިގައި ޕީޖީ އޮފީހުގެ ވިސްނުމަކީ އެ ފަރާތްތަކާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ނޫނީ ނަސޭހަތުގެ އެއްބަސްވުމަކަށް ދިއުންކަމަށް އެ އިދާރާއިން ބުނެފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވައުލި ދުވާފަރު ކައުންސިލްގެ ހައްސަ މޮނީޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގު ކުރިއެވެ.

Advertisement - newsAdvertisement

އަދި އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވާއިރު، އޭގެެ ތެރޭގައި އެ ކައުންސިލްގައި އޭރު ތިބި މެންބަރުންނާއި މުވައްޒަފުން ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުގެ ވިސްނުމަކީ އެ ފަރާތްތަކާމެދު އިއުތިރާފުގެ އެއްބަސްވުމަކަށް ނޫނީ ނަސޭހަތުގެ އެއްބަސްވުމަކަށް ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ވަކި ވަރަަކަށް ވުރެ އަދަބު ކުޑަ ކުށްތަކާއި، ޖިނާއީ ކުދި ކުށްތަކުގައި ނަސޭހަތުގެ އެއްބަސްވުން ހެދުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ތަން ދެއެވެ. އެ ޙާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާކަމަށް އިޤުރާރުވެ، އެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ ޢަމަލުކުރަމުންދާހާ ހިނދަކު އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ނުއުފުލާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭނެއެވެ.

އޭގެ އިތުރުން، އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނ،ީ އެ ކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާނެ އަދަބެކެވެ. ނުވަތަ ޤާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަ،މަ އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެކެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި އަށް މީހުންނަކީ ކައުންސިލްގެ ރައީސް ހަސަން ހަކީމް، ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު، ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ސަމޫހު، ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް، ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެމްބަރު އާމިނަތު ސަލާހު، ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހް އަދި ދުވާފަރު ކައުންސިލްގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު، މުހައްމަދު އަލިފުޅުއެވެ.

މި އެންމެންގެ މައްޗަށް ވެސް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ، އެ ކޮމިޝަނަށް ހުށަހެޅުމާއެކު، ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރި ކަމަށެވެ.

ދުވާފަރުޕްރޮސެކިއުޓަރ ޖެނެރަލްއެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް