Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުވާފަރު ކޮރަޕްޝަން މައްސަލަ

ދުވާފަރު ކޮރަޕްޝަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ އެންމެ ފަހު މަރުހަލާގައި

4 ޖެނުއަރީ 2023 | ބުދަ 11:49

މި މައްސަލާގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، އުސޫލުތަކާ ޚިލާފަށް ހިންގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖެނުއަރީ 2023 | ބުދަ 11:49
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން

ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިންގ ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށްފަހު ދައުވާކުރަން ފޮނުވުމުގެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ޕީޖީ އޮފީހުން އޭރު ވަނީ ބައެއް ކަންކަމާ ގުޅޭ ލަފާ ދީފައެވެ.

Advertisement - newsAdvertisement

އޭސީސީގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ، ތަހުގީގާ ގުޅިގެން ބައެއް ކަންކަން ރަނގަޅު ކުރަން ހުރުމުން، އެކަންކަން ރަނގަޅުކުރުމަށްފަހު، ވީހާވެސް އަވަހަށް ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލާގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، އުސޫލުތަކާ ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.

ދުވާފަރު ކައުންސިލުގެ މެމްބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން 2 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ މަހު ނެރުނު ރިޕޯޓުންނެވެ. އޭސީސީއަށް އެ މައްސަލަ ހުށަހެޅީވެސް އެ އޮތޯރިޓީންނެވެ.

އެލްޖީއޭއިން އެކުލަވައިލި ރިޕޯޓުން ހާމަވިގޮތުގައި، ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ، މާލިއްޔަތު ގަވައިދާއި ސިވިލް ސަރވިސް ގަވައިދު، އަދި މާލީ ކަންކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ޚިލާފަށް އަމަލުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި، މާލީ ކަންކަމާގުޅޭ ލިޔެކިޔުންތައް ނެތި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ނަގުދު ފައިސާއިންވެސް ކައުންސިލަރުންނާއި މުވައްޒަފުންނާއި ޑަބްލިއުޑީސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމަށް ވަނީ ބުނެފައެވެ. މި ފައިސާތަކުގެ ތަފްސީލު އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ވަނީ، މި ރިޕޯޓުގައި ދުވާފަރު ކައުންސިލުން ފާހަގަ ކުރެވުނު 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާދީފައެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ މާލީކަންކަމުގައި ފަރުވާކުޑަވުމާއި ޚިޔާނަތުގެ ކަންކަމެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް