Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީގެ ތައުރީފު އާޑާ ގުލެއާ އަށް

އަންޗެލޮޓީ ދެކޭ ގޮތުގައި ރެއާލް މެޑްރިޑުގައި ގުލެއާގެ މުސްތަޤުބަލު ވަރަށް އުޖާލާ ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2024 | އަންގާރަ 00:00
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގުލެއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގުލެއާ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތުރުކީގެ ޒުވާން ކުޅުންތެރިޔާ އާޑާ ގުލެއާ އަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ގުލެއާ އަށް އަންޗެލޮޓީ ތައުރީފު ކުރީ، ސްޕެނިޝް ލީގުގައި ރެއާލުން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ހަތަރު ލަނޑުގެ މޮޅެއް ހޯދައި ރެއާލުން އެއް ވަނައިގައި ލީޑު ފުޅާ ކުރި މެޗުގައި، ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ގުލެއާ އެވެ. އެއީ މިދިޔަ އަހަރު ރެއާލަށް ބަދަލުވި ގުލެއާ އެ ޓީމަށް ޖަަހައިިދިން ފުރަތަމަ ލަނޑެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ގުލެއާ އަކީ މަތީ ފަންތީގައި ފުޓުބޯޅަ ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. އަންޗެލޮޓީ ދެކޭ ގޮތުގައި ރެއާލް މެޑްރިޑުގައި ގުލެއާގެ މުސްތަޤުބަލު ވަރަށް އުޖާލާ ވާނެ އެވެ. އަދި އޭނާގެ މުސްތަޤުބަލަށް، ރެއާލް އަކީ ވަރަށް މުހިންމު ކުލަބެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ސެލްޓަ ވީގޯއާ ދެކޮޅަށް ގުލެއާ ޖެހީ ވަރަށް ހިތްގައިމު ލަނޑެއް ކަމަށެވެ. އެއީ ރެއާލްގައި ގުލެއާ ޖެހި ފުރަތަމަ ލަނޑަށްވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އޭނާ އިތުރު ލަނޑުތަކެއް ޖަހާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އަމިއްލަ ޤައުމު، ތުރުކީގެ ކުލަބެއްގައި ހުރުމަށްފަހު ގުލެއާ ރެއާލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި ދިގު މުއްދަތުގެ އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2022

ރެއާލުން ބޭނުންވަނީ އަންޗެލޮޓީގެ އެއްބަސްވުން އައުކުރުމަށް

11 ސެޕްޓެމްބަރު 2022
ރެއާލުން ބޭނުންވަނީ އަންޗެލޮޓީގެ އެއްބަސްވުން އައުކުރުމަށް
08 ސެޕްޓެމްބަރު 2022

ކޮންޓޭގެ ތައުރީފު ރިޗާލިސަންއަށް

08 ސެޕްޓެމްބަރު 2022
ކޮންޓޭގެ ތައުރީފު ރިޗާލިސަންއަށް
24 އޯގަސްޓު 2022

ހާލަންޑުގެ ތައުރީފު ރެއާލްގެ ކެޕްޓަން ބެންޒެމާއަށް

24 އޯގަސްޓު 2022
ހާލަންޑުގެ ތައުރީފު ރެއާލްގެ ކެޕްޓަން ބެންޒެމާއަށް
23 އޯގަސްޓު 2022

ވާދަވެރި ލިވަޕޫލް އަތުން މޮޅުވުމުން ޓެން ހާގްގެ ތައުރީފު ކުޅުންތެރިންނަށް

23 އޯގަސްޓު 2022
ވާދަވެރި ލިވަޕޫލް އަތުން މޮޅުވުމުން ޓެން ހާގްގެ ތައުރީފު ކުޅުންތެރިންނަށް
20 އޯގަސްޓު 2022

ކަސެމީރޯ ރެއާލް ދޫކޮށްލިނަމަވެސް، އަންޗެލޮޓީގެ ޕްލޭނަށް ބަދަލެއްނާދޭ!

20 އޯގަސްޓު 2022
ކަސެމީރޯ ރެއާލް ދޫކޮށްލިނަމަވެސް، އަންޗެލޮޓީގެ ޕްލޭނަށް ބަދަލެއްނާދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު