Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަސެމީރޯ ޔުނައިޓެޑަށް ބަދަލުވުން

ކަސެމީރޯ ރެއާލް ދޫކޮށްލިނަމަވެސް، އަންޗެލޮޓީގެ ޕްލޭނަށް ބަދަލެއްނާދޭ!

20 އޯގަސްޓު 2022 | ހޮނިހިރު 05:15

އަންޗެލޮޓީ ބުނީ 6 މިޑްފީލްޑަރުންނަކީ މި ސީޒަނަށް އެންމެ ރަނގަޅު އަދަދެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2022 | ހޮނިހިރު 05:15
ކަސެމީރޯ އަދި އަންޗެލޮޓީ

ކަސެމީރޯ އަދި އަންޗެލޮޓީ

ރެއާލް މެޑްރިޑަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ޓީމު ދޫކޮށްލިނަމަވެސް، ޕްލޭނަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ކަސެމީރޯ ވަނީ ރެއާލް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައެވެ. ކަސެމީރޯ ގަތުމަށް ޔުނައިޓެޑުން ރެއާލަށް 60 މިލިއަން ޔޫރޯ ޚަރަދުކުރާނެއެވެ. އެއަށްފަހު ޔުނައިޓެޑުގައި ކަސެމީރޯ ދައްކާ ކުޅުމަށް ބަލާފައި، ޔުނައިޓެޑުން އިތުރުން 10 މިލިއަން ޔޫރޯ ދައްކާނެކަމަށް މީޑިއާ ރިޕޯޓުތަކުގައިވެއެވެ. ރެއާލާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވާނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިކަމާ ގުޅިގެން އަންޗެލޮޓީ ބުނީ، އެބަދަލުގެ ސަބަބުން އޭނާގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އޭނާ ވަނީ، މިޑްފީލްޑުގައި ލޫކާ މޮޑްރިޗް، ޓޯނީ ކްރޫސް، އެޑުއާޑޯ ކަމަވިންގާ، ފެޑެރިކޯ ވަލްވާޑޭ، އައުރެލިން ޗުއަމެނީ އަދި ޑެނީ ސެބަލޯސް ހިމެނޭ ކަމަށް ބުނެފައެވެ. އަންޗެލޮޓީ ބުނީ 6 މިޑްފީލްޑަރުންނަކީ މި ސީޒަނަށް އެންމެ ރަނގަޅު އަދަދެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެ ކުޅުންތެރިންނަކީ ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިންކަމަށެވެ.

ރެއާލް ދޫކޮށްލަން ކަސެމީރޯ ނިންމާފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު 18 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕަރ ޑެލްރޭ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަރ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ. ކަސެމީރޯއަކީ ރެއާލާއެކު ފަސް އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީކަސެމީރޯ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް