Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ސިޔާސީ ޙަރަކާތުގައި

ޔާމީން ހުޅުމާލޭގައި އޮތް ކެމްޕޭނު ޙަރަކާތެއްގައި ބައިވެރިވެވަޑައިގަތް މައްސަލަ ބަލަނީ

11 މާރިޗު 2024 | ހޯމަ 09:39

ޔާމީންގެ ބަންދަށް ކަރެކްޝަންސް އިން ވަނީ ލުއިތަކެއް ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2024 | ހޯމަ 09:39
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ޖަލުތަކުގެ ޕެރޯލް ޤާނޫނާ ޚިލާފުވަމުންގެންދަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންޒާރު ދީފައިވަނިކޮށް ޔާމީނު އަނެއްކާވެސް ކެމްޕޭނު ޙަރަކާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރަމުންގެންދާ މީހަކަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެފަދަ ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެއެވެ.

އެހެންނަމަވެސް ޔާމީންގެ ބަންދަށް ކަރެކްޝަންސް އިން ދިން ލުއިތަކާއެކު އެމަނިކުފާނު ގެންދަވަނީ ސިޔާސީ އެއްވުންތަކުގައި ބައިވެރިވެވަޑައިގެން، ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.

އެއާއެކު ކަރެކްޝަންސް އިން ވަނީ ޔާމީނާއެކު ވެފައިވާ އިގުރާރާ ޚިލާފަށް އަމަލުތައް ބަހައްޓަވަމުންގެންދަވާކަން ފާހަގަކުރެވޭކަން ބަޔާންކޮށް، އިގުރާރާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނަށް އިންޒާރު ދީފައެވެ.

އަދި އެކަން ތަކުރާރު ކުރައްވާނަމަ އިގުރާރު ބާތިލު ކުރެވޭނެ ކަމަށް ވެސް ޔާމީނަށް އަންގާފައިވާނެ ކަމަށް އެ މުއައްސަސާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން ޔާމީނު ފެންނަމުން ދިޔައީ ޕީއެންއެފްގެ ޖަލްސާތަކުގައި އޯޑިއަންސްގައި އިންނަވައި، އާންމު މީހެއްގެ ހައިސިއްޔަތުން ސުވާލު ކުރައްވާ ފަރާތެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ޔާމީނު މިވަނީ ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެއީ މަޖިލީހަށް ޔާމީނުގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕޭނު ޙަރަކާތެކެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކަރެކްޝަންސްއިން ވަނީ އެ މައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް