Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ވާހަކަފުޅު

"އަޅުގަނޑުގެ ބޯ ގޮވައިފި": ރައީސް ޔާމީން

3 އޯގަސްޓު 2017 | ބުރާސްފަތި 18:39

ސިކުނޑިފުޅު ގޮއްވާލާވަރުގެ ކަންކަން ގައުމުގައި އެބަ ހިނގާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 އޯގަސްޓު 2017 | ބުރާސްފަތި 18:39
ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި

ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި

އެކުގައި މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުން އެމަނިކުފާނު ދޫކުރައްވައި ވަޑައިގަންނަވާތީ އެމަނިކުފާނުގެ ސިކުނޑިފުޅު ގޮވައިފި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ "ފަހިވެނި" ކޮމިއުނިޓީ ސެންޓަރާއި، "އެން 3" ޕާކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާއި އެކުގައި މަސައްކަތް ކުރައްވާފައި ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވަޑައިގަންނަވަނީ، އިދިކޮޅަށް ކަމަށެވެ. އަދި ދުވަހަކުވެސް ދެކިވަޑައިގެންފައި ނުވާފަދަ ޝަރަފުވެރި އިއްޒަތްތެރި ބޭފުޅުންވެސް ހިދާޔަތާއި ކުރިއެރުން ހޯއްދަވަން މަސައްކަތް ކުރައްވަނީ، ފަނާކުރަނިވި ތާރީޚެއް އޮތް ބަޔަކާއި އެކުގައިކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"މީ ހަމަ ގައިމުވެސް އެކަންކަމާއި ވިސްނާ ވިސްނާ ވެސް އަޅުގަނޑުގެ ސިކުނޑިއަށް އޭގެ ޖަވާބެއް ނައި އަޅުގަނޑުގެ ސިކުނޑި ގޮވާވަރުގެ ކަމަކަށް ވެއްޖެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހުރިހާ ތަނެއް ފެނިވަޑައިގެން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނަމަވެސް އެމަނިކުފާނުގެ ސިކުނޑިފުޅު ގޮއްވާލާވަރުގެ ކަންކަން ގައުމުގައި އެބަ ހިނގާ ކަމަށެވެ. ރާއްޖޭގައި ނިޒާމްތައް ރޭވިފައި ހުރީ ފުރިހަމައަށް ނޫން ކަމަށާއި، އެ ނިޒާމްތައް ފުރިހަމަ ނުވަނީ، އެ ތަންފީޒު ކުރަން ތިބޭ މީހުންނަކީ އިންސާނުން ކަމަށް ވާތީ ކަމަށެވެ. ކޮންމެ އިންސާނެއްގެ ވެސް އުނި ސިފަތައް ހުންނާނެ ކަމަށް ރައީސް ޔޔާމީން ވިދާޅުވިއެވެ.

ޑިމޮކްރެސީއަކީ ގިނަ ބަޔަކު ގަބޫލް ކުރާ ޚިޔާލްތަކުގެ މައްޗަށް އެކުލަވާލެވޭ ހިންގުމުގެ ނިޒާމެއް ކަމަށާއި، އެ ހިންގަން ތިބެނީ އިންސާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަންކަން ގޯސްވެގެން ދަނީ ވަކި ބަޔަކު ވަކި ދުވަސްވަރަކު ޒިންމާ އާއި ހަވާލުވެގެން ތިބީމައި ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންގެ ތެރޭގައި މައްސަލަތަކެއް ހުރިކަން އެނގިގެން އެމައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެނޑިނޭޅި ކުރައްވަނީ އެ މަސައްކަތްޕުޅު ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަކީ މި ފަހުގެ ތާރީހުގައި ހިންގާފައި ހުރި ވަރަށް ގިނަ ސިޔާސީ ކަންކަން ފެނިފައި ހުރިމީހެެއް. އަދި ހިނގާފައި ހުރި ވަރަށް ގިނަ ކަންކަން ދިވެހި ރައްޔިތުންނަށް އެކަންކަން ނޭނގޭކަންކަން އަޅުގަނޑަށް އެކަންކަމުގެ އެތެރެއާއި ބޭރު ކޮންމެސް ވަރަކަށް އެނގޭ މީހެއް" ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަނާއި ނަޖާއިޒު ފައިދާ އާއި ނުފޫޒު ހިމެނޭ ކަންކަމަށް ބަލާއިރު މި ފަހުން ވެސް އެފަދަ ކަންކަން ޔަގީނުން ވެސް ހިނގައި ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަމަކީ ހިނގާފައި ހުރި ކަންކަންކަމުން އެކަންކަން ހިނގާދިޔަ ގޮތް އެނގޭނީ ތަހުގީގު ނިމުނީމައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރަންޖެހޭނެ ކަމަށާއި، އެކަމަކު އެކަން ކުރަން ޖެހޭނީ މުލައްދަނޑީގެ ބާރުން ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބާރު ގަދަވާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ކަމަށް ވިދާޅުވިއެވެ.

"އެމީހަކަށް ހީވާގޮތަކަށް ވަރުގަދަކަން ދެއްކުމަކީ އެއީ އެހެން މީހުނަށް ކުރެވެ ބޭ އިންސާފެއް. އެކަން ކުރާކަށް ނުވާނެ.ކޮންމެ މީހެއްގެ ވެސް ނިމުން އަންނާނެ. ވާހަކަ ދެއްކިދާނެ. ފާޑު ކިއިދާނެ، ފުރައްސާރަކުރެވިދާނެ.އަދި މީހުންގެ ހައްގުތަކަސް އަރައިގަނެވިދާނެ. އޭގެ ހަގީގަތް ނުބަލާ މި ކުރެވެނީ މޮޅުކަމެއްކަމަށް ހީކޮށް ހުރިހާ ވައްތަރެއްގެ އިލްމު އުނގެނިގެން ތިބި މީހުންނަށް ވެސް މިކަހަލަ ހުރިހާކަމެއް ވެސް ކުރެވިދާނެ.އެކަމު އަޅުގަނޑަށް ޔަގީން ކަށަވަރު އެއިން ކޮންމެ މީހަކު ވެސް ނިދާލަން އޮށޯންނައިރު ޝަހާދައިގެ ކަލިމަތަށް ކިޔާފައި ނިދާނީ.އެއީ ކަލަކު ވޮޑިވާކަން އެމީހުންވެސް ގަބޫލުކުރާތީ. އަދި ޖަވާބުދާރީވާން މި ނޫން ދުވަހެއް އޮންނާނެކަން އެއިން ކޮންމެ މީހަކުވެސް ގަބޫލުކުރާނެ" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބާރު ގަދަވާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނަށް ވެރިކަން ހިންގެވުމުގައި ދަތިފުޅު ވަނީ، ދުސްތޫރުއޮތް ގޮތުންކަމަށް މިނިވަންދުވަހު ގައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް