Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިރުފާން ތަޤިއްޔު ޝަރީއަތް

ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދިއްޖެ

ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2024 | އާދީއްތަ 06:57
72 ކިލޯ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައިކޯޓުން ނިންމީ އިރުފާން ތަޤިއްޔުގެ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމީ ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވެފައިވާކަން ތަފްސީލު ކޮށްދިނުމަށްފަހު ކަމަށެވެ.

Advertisement - newsAdvertisement

އަދި ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ޤާނޫނީ ސަބަބެއްވެސް ދައުލަތަށް ދެއްކިފައިނުވާކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ. އެގޮތުން މައިގަނޑު 2 އިސްތިއުނާފީ ނުކުތާއެއް ދައުލަތުން ހުށަހަޅާފައިވެއެވެ.

ފުރަތަަމަ ނުކުތާގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އިރުފާން ތަޤިއްޔު ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވެފައިވާކަމަށް ދަށު ކޯޓުން ނިންމީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.

ދައުލަތުގެ ދެވަނަ ނުކުތާއަކީ، ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއް މި މައްސަލައިގައި ދައުލަތަށް ބަޔާންކޮށްދެވިފައިވާކަމަށް ނުބެލެވޭކަމަށް ނިންމާފައިވާތީ ހުށަހަޅާފައިވާ ނުކުތާއެކެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ.

އަދި ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އިރުފާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ތަފްސީލު ކުރުމުން އިރުފާން ތަޤިއްޔުގެ ފަރާތުން އޭނާގެ ވަކީލު ވަނީ އިސްތިއުނާފަށް ޖަވާބުދީފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ހަފްތާގައެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިރުފާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާ ބަންދުން ދޫކޮށްލީ، އޭނާ ބަންދުކުރި ޙާލަތު ބަދަލުވިކަން ނުވަތަ ނޫންކަން ރަނގަޅަށް ތަފްސީލު ނުކޮށްކަަމަށް ހައިކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އޭރު ނިންމަވާފައި ވަނީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށެވެ.

އެގޮތުގެ މަތިން ދައުލަތުން ހުށައެޅުމުން 23 ނޮވެމްބަރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ވަނީ އިރުފާން ބަންދުކުރިއިރު ހުރި ޙާލަތު މިހާރު ބަަދަލުވެފައިވާކަން ސަބަބުތަކާއެކު ބަޔާން ކުރައްވައި، ތަފްސީލު ދިނުމަށްފަހު، އޭނާ ބަންދު ކުރެވެން ނެތްކަމަށް އަނެއްކާވެސް ނިންމަވާފައެވެ.

ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ދެވަނަ ފަހަރަށް ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން،  ހައިކޯޓުން ނިންމާފައިވަނީ މިފަހަރު އިރުފާން ބަންދު ނުކުރަން ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއް މި މައްސަލައިގައި ދައުލަތަށް ބަޔާންކޮށްދެވިފައިވާކަމަށް ނުބެލެވޭކަމަށެވެ.

އެހެންކަމުން ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު