Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ވެލެންސިއާ ސަސްޕެންޑުކުރުމުން، ސާޔާގެ ފާޑުކިޔުން އެފްއޭއެމަށް!

10 މާރިޗު 2024 | އާދީއްތަ 00:53

އެއީ އެފްއޭއެމްގެ ހިންގާ ޤަވާއިދު ބުނެދޭ ހަމައެއް ނޫން ކަމަށް ވެސް ސާޔާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2024 | އާދީއްތަ 00:53
ޝާހު އިސްމާއިލް (ސާޔާ)

ޝާހު އިސްމާއިލް (ސާޔާ)

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ކުލަބު ވެލެންސިއާ ސަސްޕެންޑު ކުރުމަށްފަހު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމި ނިންމުމަށް، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޝާހު އިސްމާއީ (ސާޔާ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން، ވެލެންސިއާ ސަސްޕެންޑު ކުރުމަށް ނިންމީ، ޙަސަން ވަޙީދު (ދޮނާ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މައްސަލައިގައި އޭނާ ބުނެފައި ވަނީ، ވެލެންސިއާގެ ހިންގާ ކޮމިޓީން އޭނާ ވަކިކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ. އަދި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް އުފައްދައި، ކުލަބުގެ އޭޖީއެމް ބޭއްވި ކަމަށް ދައްކައި އޮޅުވާލައިގެން ކަންކަން ތަރުތީބު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ، ވެލެންސިއާގެ އޭޖީއެމް އަދި ހިންގާ ކޮމިޓީގެ އިންތިޚާބު، އެ ކުލަބުގެ ހިންގާ ޤަވާއިދާއި އެފްއޭއެމްގެ އަސާސީ ޤަވާއިދު އަދި އިލެކްޓޯރަލް ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ބާއްވައި، ހިންގާ ކޮމިޓީ ސައްހަ ގޮތުގައި އިންތިޚާބުކޮށް ނިމެންދެން، ކުލަބު ވެލެންސިއާ ފުޓުބޯޅައިގެ އެންމެހައި ޙަރަކާތްތަކުން ސަސްޕެންޑު ކުރުމަށެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް ވެލެންސިއާ އަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް ވެސް ދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސާޔާ ވިދާޅުވީ، މެންބަރު ކުލަބެއްގެ ހިންގާ ކޮމިޓީގެ މެދުގައި އުފެދޭ ދެބަސްވުމަކާއި ގުޅިގެން އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް އެފްއޭއެމް އިން އެކުލަބަކާ މެދު ފިޔަވަޅު އަޅައި، އެ ކުލަބަކަށް ލިބިދޭ ހައްގުތަކުން މަހުރޫމު ކުރުމަކީ، ސޭކުސްތާނުގައި ކަންހިންގާ އަދި އަމަލު ކުރަމުންދާ ގޮތެއް ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ ހިންގާ ޤަވާއިދު ބުނެދޭ ހަމައެއް ނޫން ކަމަށް ވެސް ސާޔާ ވިދާޅުވި އެވެ.

ވެލެންސިއާ ސަސްޕެންޑު ކުރުމަށް އެފްއޭއެމުން ނިންމީ ބުރާސްފަތި ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ވަނީ އެފްއޭއެމްގެ އިންތިޚާބަށް ވެސް އިއުލާން ކޮށްފަ އެވެ. ނަމަވެސް، ސަސްޕެންޝަންގެ ސަބަބުން އެފްއޭއެމްގެ އިންތިޚާބުގައި ވެސް، އަދި ފުޓުބޯޅައިގެ އެއްވެސް ޙަރަކާތެއްގައި ވެލެންސިއާ އަށް ބައިވެރި ނުވެވޭނެ އެވެ.

އެފްއޭއެމްގެ އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ މަަސައްކަތް ކުރީ، މިދިޔަ ޖަނަވަރީ މަހުގެ ފަހު ކޮޅު އެވެ. ނަމަވެސް، ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް މައްސަލަ ބޮޑުވެ، އެންމެ ފަހުން ޖެހުނީ އެ އިންތިޚާބު ބާތިލު ކުރުމަށެވެ. އެއީ ޝަރުތު ހަމަނުވާ ކަމަށް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމި، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް)ގެ ފަރާތުން އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އަށް ވެސް ހުށަހަޅާފައި އޮއްވަ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް