Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަންނު މައިޒާން

މާލެ ފެހިކޮށް، ފިނިކުރަން ޖެހޭ: މޭޔަރ އާޒިމް

27 މެއި 2025 | އަންގާރަ 12:26

މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ، ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މެއި 2025 | އަންގާރަ 12:26
މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތުގައި މޭޔަރ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތުގައި މޭޔަރ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

މާލޭގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވެފައި ވަނީ، މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްޤީ ކުރަމުން އަންނަ "މާފަންނު މައިޒާނު "ގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ އަބަދު ވެސް ވަރަށް ހޫނު ކަމަށާއި، މި ކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ، ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އަދި މި ގޮތަށް މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގު މަތީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަކަމާއެކު ދުރުފެނުމަކީ، އެ މީހުންނަށް، ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި ފައިދާތަކެއްވެ، އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށެވެ. އަދި ގަސްތައް ފެނުމުން ހިތްހަމަޖެހުން ގެނެސްދޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާފަންނު މައިޒާން ތަރައްޤީ ކުރާ ސަރަހައްދަކީ، މާލޭގެ އެންމެ ކާރު ބާރު ބޮޑު އެއް ސަރަހައްދު ކަމަށެވެ. މި ސަރަހައްދުގައި ހުރި ގޯޅިތައް ހަނިވުމުގެ ސަބަބުން، ބަލިމީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލަންސް އެ ގޯޅިތަކަށް ވަދެ ނިކުތުމަށް، ފަސޭހަކުރުމަށް، އެ ގޯޅިތަކުގައި ހުރި ސައިކަލްތައް، މާފަންނު މާޒާނުގައި ހެދިގެން އަންނަ ސައިކަލް ޒޯނަށް ބަދަލުކުރުމަށް، ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމް ކުރުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އަދި މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ.

މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތުގައި މޭޔަރ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

މާފަންނު މައިޒާނުގައި ގަސް އިންދުމުގެ ހަރަކާތުގައި މޭޔަރ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

މިހަރަކާތުގައި ޖުމްލަ 40 ގަހެއް އިންދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ނިކަ ގަހާއި، ދިއްގާ ގަހާއި، ދަނބުގަހެވެ.

މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާންގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި، ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރުމާއި، މަޖީދީމަގު، ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރުމާއި، ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްޤީ ކުރުމުގެ އިތުރުން، ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 36،153 އަކަފޫޓް ހުންނަ، މި މައިޒާނުގެ މަސައްކަތް، މިހާރު ފަށާފައިވާއިރު، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މައިޒާނުގެ ސަބަބުން، މާފަނުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް، ޔަގީން ކުރައްވާ ކަމަށެވެ.

ކައުންސިލުން، މާފަންނުގައި، މައިޒާން ތަރައްޤީ ކުރަމުން އަންނަނީ، މާފަންނު ސަހަރާ ހުރި ބިން، އެއްކޮށް ސާފުކުރުމަށްފަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް