Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ޣައްޒާގައި ދޭ ހަމަލާތައް

އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ކުޑަކުދިންނާއެކު އާންމުންގެ 12 މީހަކު ޝަހީދުވެއްޖެ

8 މާރިޗު 2024 | ހުކުރު 09:13

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 30،717 މީހުން ވަނީ ޝަހީދުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 މާރިޗު 2024 | ހުކުރު 09:13
އިސްރާއީލް ސިފައިން ކޮންމެދުވަހަކުވެސް ޣައްޒާގައި ދަނީ އެތައްބަޔަކު ޝަހީދުކުރަމުން

އިސްރާއީލް ސިފައިން ކޮންމެދުވަހަކުވެސް ޣައްޒާގައި ދަނީ އެތައްބަޔަކު ޝަހީދުކުރަމުން

ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 12 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ލޯކަލް އަދި މެޑިކަލް ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީނުގެ ވާފާ ނިއުސްއެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަބޫ ސަލީމިއްޔާ އާއިލާއަށް ނިސްބަތްވާ ދެ ގެއަކަށް އަމާޒުކޮށް ހަމަލާދީ އާންމުންގެ ފަސް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން މި ހަމަލާގައި އިތުރު 22 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި އެ އެންމެން ވެސް އެ ސިޓީގެ އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހަމައެއާއެކު އިސްރާއީލުގެ އާޓިލަރީއިން ވަނީ ރަފާ ސިޓީގެ މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށްވެސް ހަމަލާދީފައެވެ. އެހަމަލާގައި ނުވަ މީހަކަށް އަނިޔާވެފައިވާއިރު، އެމީހުންވަނީ ބޭސްފަރުވާއަށް ކުވައިތު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޣައްޒާގެ މެދުތެރޭގައި އިސްރާއީލުގެ ޓޭންކުތަކުން ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލްގެ ކައިރީގައި ދިން ބޮމުގެ ހަމަލާތަކުގައި ހަތް މީހަކު ޒަޚަމްވެފައިވެއެވެ. ޒަހަމްވި މީހުން ވަގުތުން ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޣައްޒާ ސިޓީގެ އަލް ޒައިތޫން އަވަށުގެ ދެ ގެއަކާއި ތަލް އަލް ހައްވާ އަވަށުގެ ގެއަކާއި އަލްސަބްރާ އަވަށުގެ އެހެން ގެއަކަށް ވެސް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ، އިތުރު 15 މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ.

އަދި ޣައްޒާގެ އުތުރު ސަރަޙައްދުގެ ޖަބާލިއާގައި އިސްރާއީލުން ރެފިއުޖީ ކޭމްޕްގެ ދެ ގެއަކަށް އަމާޒުކޮށް ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން އެކަކު މަރުވެ، އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 30،717 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަމަށާއި، އިތުރު 72،156 މީހުން ޒަޚަމްވެފައިވާކަމަށް އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

ވެއްޓިފައިވަ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި އެތައްބަޔަކު ތަށިވެފައިވުމުގެ ސަބަބުން މިއަދު އަދިވެސް މިއަށްވުރެ އިތުވާނެކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް