Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަމަޟާންމަހަށް އިސްތިގުބާލުކުރުން

ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން: ޚުތުބާ

8 މާރިޗު 2024 | ހުކުރު 08:25

ރަމަޟާން މަހުގެ ފައިދާ ހާސިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެން

އަމްނާ އިމާދު
އަމްނާ އިމާދު | 8 މާރިޗު 2024 | ހުކުރު 08:25
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ-

އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ-

ރަމަޟާން މަހަށް މަރުހަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެން ނޫން ކަމަށް ހުކުުރު ޚުތުބާގައި ބުނެފިއެވެ.

ރަމަޟާންމަހަށް އިސްތިގުބާލުކުރުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށާއި، ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާ ކަމަށެވެ.

Advertisement - newsAdvertisement

ރަމަޟާން މަހުގެ ފައިދާ ހާސިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެން ނޫން ކަމަށެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަހާ އިސްތިގުބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި ކަމަށެވެ. އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމުގައި ވާތީއާއި، ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިގުބާލު ކުރަންޖެހޭ ކަމަށާއި، ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރަންޖެހޭ ކަމަށެވެ. ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ސަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަންޖެހޭ ކަމަށެވެ. ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ގުރްއާން ކިޔެވުން ގިނަކުރުމާއި، ސަދަގާތް ކުރުން އިތުރުކުރުމާއި، ފިތުރު ޒަކާތް ދިނުން ފަދަ އަޅުކަންތައްތައް ކުރުމުގައި ހީވާގިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށެވެ. ކީރިތިރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުން ކަމަށާއި، ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވި ކަމަށެވެ. އަދި ޚާއްސަކޮށް ފަހުދިހައިގެ ރޭތަކުގައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ވަނީ ރޯދައިގެ ސުންނަތްތަކަށް އަލިއަޅުވާލާފައެވެ.

އެގޮތުން ކަދުރުން ރޯދަވީއްލުމާއި، ހާރުކެއުމަކީ ސުންނަތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެންނަ ކަމަށެވެ. އަދި ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްޔާކޮށް ދިރުވުމުގެ މުހިއްމުކަން ފާހަގަކޮށް ރަމަޟާންމަހުގެ ރޭތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެއް ކަމަށެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ސަވާބެއް ނުލިބޭނެ ކަމަށެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ. ޚުތުބާގައި ބުނީ މާތް ﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިސްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ރޯދަ ހިފުމުން ކަމަށާއި، މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާސްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް