Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްދޯނިތަކަށް ސިފައިން އެރުން

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރުމާއި ގުޅިގެން އެ ދޯނިތަކުގައި ތިބި މަސްވެރިންނަށް ސައިކޯސޯޝަލް ސަޕޯޓު ދީފި

7 މާރިޗު 2024 | ބުރާސްފަތި 07:56

މަސްދޯނިތަކަށް މީހުން އެރި ސަަބަބާއި އެކަމުގެ އިތުރު މައުލޫމާތުތައް ޑިފެންސް އަދި ފޮރިން މިނިސްޓްރީން ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 މާރިޗު 2024 | ބުރާސްފަތި 07:56
އިންޑިޔާ އަސްކަރިއްޔާއިން ދިވެހި މަސް ދޯންޏަށް އަރަނީ

އިންޑިޔާ އަސްކަރިއްޔާއިން ދިވެހި މަސް ދޯންޏަށް އަރަނީ

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރުމާއި ގުޅިގެން އެ ދޯނިތަކުގައި ތިބި މަސްވެރިންނަށް ސައިކޯސޯޝަލް ސަޕޯޓު ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ވަރަށް ގާތުން އެ މަސްވެރިންގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ބައެއް ދޯނިތަކަށް އެހީތެރިކަން ބޭނުންވާކަން ފާހަގަވި ކަމަށެވެ.

އެހެންކަމުން އެ މީހުންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓު ދީފައިވާކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްދޯނިތަކަށް މީހުން އެރި ސަަބަބާއި އެކަމުގެ އިތުރު މައުލޫމާތުތައް ޑިފެންސް މިނިސްޓްރީއާއި ފޮރިން މިިނިސްޓްރީ ފަދަ އިދާރާތަކުން އިތުރަށް ސާފުވާނެކަމަށެވެ.

މިއަހަރުގެ 31 ޖެނުއަރީ އަދި 1 ފެބްރުއަރީގައި އިންޑިއާ ސިފައިންގެ ބަޔަކު ހަތިޔާރާއެކު ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަށް އެރި މައްސަލަ ފެންމަތިވެފައި ވާއިރު، މިކަން ހިނގި ގޮތް މުޅިން ސާފެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް، ދިފާއީ ވަޒީރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ އަށް 21 ފެބްރުއަރީ 2024 ގައި ހާޒިރުކޮށް، ސުވާލުކޮށްފައިވެއެވެ. ނަމަވެސް ކޮމިޓީ ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ ޒިންމާ އުފުލާން އޮތް ސަރުކާރުގެ އިދާރާތަކުން ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދޭކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މަޖިލިސް މެންބަރުން ވަނީ، ބޭރުގެ އަސްރަކީ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެކަން ފާހަގަކުރައްވާފައެވެ. މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭންޖެހޭ ކަމަށާއި ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް