Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިސްޓަރު އާދަމް ޝަރީފް އުމަރު

ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ދަތްދޮޅި ދުއްވާާލާއިރު ވެސް، ތިބެންވީ ހަަނު؟

އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގައި މިއަދު އޭނާ ހުންނަވާ ނަމަ، މަޖިލިސް މެންބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުންނެވި ދާނެބާ އެވެ!

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2024 | ބުރާސްފަތި 07:02
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު

ދިވެހިރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެކެވެ. ރާއްޖޭގެ ޤާނޫނު ޢަސާސީގައި ވެސް އެ ވާހަކަ ވަރަށް ސާފުކޮށް އޮތީ ބަޔާންކޮށްފަ އެވެ. ތިން ބާރު ވަކިވެ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރުމުގެ އުންމީދުތައް ލިބެން ފެށި ފަހުން ވެސް، އެއް ބާރުން އަނެއް ބާރަށް އަތް ބާާނަން އުޅޭ މަންޒަރު އޮތީ ދުރުނޫން މާޒީގައި ފެންނާށެވެ. ވެރިކަމުގެ ބާރުން، ޤާނޫނު ހަދާ ބާރަށް، އަދި އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވި މަންޒަރު ވެސް ދުށީމެވެ. އަދުލު އިންސާފުގެ ބާރުން ވެސް، ޤާނޫނު ހަދާ ބާރުގެ މައްޗަށް "ފުންމައިގެން" އަރައިގަތް ދުވަސްވަރެއް ވެސް ދުށީމެވެ.

މާޒީ އަށް ޖެހިލާއިރު، 2013 އިން 2018 އަށް އޮތް ވެރިކަމަކީ، ބިރުވެރި ނާމާން ވެރިކަމެކެވެ. އެކަން މިއަދު ވެސް ގިނަ ދިވެހިން ހަނދާން ހުންނާނެވެ. ވެރިކަމުގެ ބޭރުން ބޭނުންވިހާ ހުރިހާ ކަމެއް ޤާނޫނު ހަދާ ބާރުން ކޮށްނުދިނުމުގެ ނަތީޖާ ވަރަށް ވެސް ހިތިވި އެވެ. ޤާނޫނު ހަދާ ބާރުގެ މަޖިލިސް މެންބަރުންނަށް، މަޖިލިސް ކުރާ ގެއަށް ނުވަދެވުނެވެ. މެންބަރުން މަޖިލީހުގެ ފާރުމަތިން އުކާލީ، އޭރުގެ ދިފާއީ ވަޒީރުގެ އޯޑަރަށް، ސިފައިންނެވެ. މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ގެއްލުވާލީ، ވެރިކަން ކުރާ ބާރުން ބޭނުންވި ގޮތަށެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި" ދުއްވާލީ އޭރުގެ ދިފާއީ ވަޒީރު އަދި މިހާާރުގެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު އެވެ. އޭރު އެއީ "ދަތް ދޮޅި" ވަޒީރު ކަމަށް ވެސް ސިޔާސީ ފަރާތްތަކުގެ އިތުރުން، ޢާންމު ރައްޔިތުން ވެސް ދިޔައީ ބުނަމުންނެވެ. އެއީ އޭރު ވެސް އާދަމް ޝަރީފް އެފަދައިން ވިދާޅުވެފައި އޮތުމުންނެވެ. ވެރިކަމުގެ ބާރުން ބޭނުންވީހާ ގޮތަކަށް މަޖިލިސް ކޮންޓްރޯލުކޮށް، ޤާނޫނު ހެދުމުގެ ބާރު ހުއްޓުވާލުމުގެ އެންމެ ބޮޑު މޭސްތިރިޔަކީ ވެސް އާދަމް ޝަރީފް އެވެ.

ނަމަވެސް، އެ ވެރިކަން ނިމި ޖެހިގެން އައި ވެރިކަމުގައި އާދަމް ޝަރީފް އިންނެވީ މަޖިލީހުގަ އެވެ. މަޑުއްވަރީ ދާއިރާގެ ކެންޑިޑޭޓު، އާދަމް ޝަރީފަކީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެކެވެ. ނަމަވެސް، މީގެ ކުރިން މަޖިލިސް މެންބަރުން ކުރި ހިތްދަތި ތަޖުރިބާ އޭނާއަށް ކުރައްވަން ނުޖެހުނެވެ. މަޖިލިހުން ނެރެ އެއްލައެއް ނުލަ އެެވެ. މަޖިލިހަށް ވަނަނުދީ ތަޅު އަޅުވާފައި ނުބަހައްޓަ އެވެ. ގޮނޑި ވެސް ސަލާމަތުން ހުއްޓެވެ.

އައު ސަރުކާރާއެކު މެންބަރުކަމުން އިސްތިއުފާ ދެއްވައި، ދެން ވަޑައިގަތީ އައު ސަރުކާރުގެ ލޯކަލް ގަވަރމަންޓް ވަޒީރުގެ މަޤާމަށެވެ. އޭރު ވެސް ރައްޔިތުން ބުނަމުން ދިޔަ އެވެ. މީގެ ކުރިން މަޖިލިސް މެންބަރުންގެ "ދަތްދޮޅި" ދުއްވާލި ފަދައިން، މިފަހަރު ދުއްވާލާނީ ކައުންސިލަރުންގެ "މައިބަދަ" ނޫންބާ އެވެ؟

އެކަން އެހެން އޮއްވާ އަނެއްކާ ވެސް އާދަމް ޝަރީފް ދެއްކެވީ ދަތްދޮޅި ދުއްވާާލާާ ވާހަކަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މ.އަތޮޅު ދިއްގަރަށް ވަޑައިގެން، އެ ރަށުގައި އޮތް ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގައި މިއަދު އޭނާ ހުންނަވާ ނަމަ، މަޖިލިސް މެންބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުންނެވި ދާނެބާ އެވެ! އާދަމް ޝަރީފް ވިދާޅުވީ އެހެން ވިދާޅުވާން ދެރަ ވެސް ވާ ކަމަށެވެ.

ދަންނަވަންތޯ އެވެ! ތިން ބާރު ވަކިވެފައި މި އޮތް ނިޒާމުގައި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާހާާ ކަމަކަށް، މަަޖިލީހުން އާނ ބަސް ބުނާކަށް ނުޖެހެ އެވެ. މަޖިލީހުގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށް ވީ ހިނދު، މަޖިލީހުން ނިންމަން ޖެހޭނީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށެވެ. އެގޮތަކީ ފަހަރުގައި ރައީސް ބޭނުންފުޅުވާ ގޮތަށް ވެސް ނުވެދާނެ އެވެ.

ވެރިކަމުގައި ރަނގަޅަށް ފައި ހިއްޕައި ނުލެވި އުޅެނިކޮށް، އަނެއްކާ ވެސް އެއް ބާރުގެ ދަތްދޮޅު ދުއްވާލާ ވާހަކަ މި ފެށީ ކޮން މަޤުސަދެއްގައި ހެއްޔެވެ؟ މި ރާއްޖޭގައި ތިން ބާރު ވަކިވެފައި އޮތްއިރު، އެއް ބާރުން އަނެއް ބާރުގެ ދަތްދޮޅި ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދެމުންދާއިރު ވެސް، ހަމަ ބަލަހައްޓައިގެން ތިބެންވީ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު