Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރުދުޣާންގެ ފާޑުކިޔުން އިސްރާއީލަށް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަކީ ގަރުނުގެ އެންމެ ބޮޑު އެއް ހަމަލާ: އުރުދުޣާން

ފަލަސްތީނުގެ ބިންތަކަށް އަރައިގަތުމަކީ ހައްލެއް ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް އުރުދުޣާން ވިދާޅުވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 6 މާރިޗު 2024 | ބުދަ 02:15
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަކީ ގަރުނުގެ އެންމެ ބޮޑު އެއް ހަމަލާ ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު މަހްމޫދު އައްބާސްއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ ފާއިތުވި 151 ދުވަހު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ފާއިތުވި ގަރުނުގެ އެންމެ ބޮޑު އެއް އަނިޔާވެރިކަން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނާ ދެކޮޅަށް ފާޅުގައި ޖަރީމާ ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާ އުރުދުޣާން ވިދާޅުވީ، އެކަން ހިނގަމުން ދަނީ ހުޅަނގުގެ ބާރުތަކުގެ ނުހަނު ބޮޑު އެއްބާރުލުމަކާއެކު ކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިވެފައިވާ މީހުންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ ފަލަސްތީނުގެ ބިންތަކަށް އަރައިގަތުމަކީ ހައްލެއް ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަށް މުސްލިމުން ވަނުމަށް ހުރަސްއެޅުމަށް "ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިޔާސީ ފަރާތްތަކުން" ކުރަމުންދާ "މުޅިން ބޭކާރު" ޑިމާންޑްތައް ކުށްވެރިކުރައްވައި، ހުރިހާ ދީންތަކަކަށް ވެސް ދީނީ ތަންތަނަށް ވަނުމުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އުރުދުޣާން ވަނީ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ބަދުނާމުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ އެޖެންސީ "ދޮގު" ކޮށް ބަދުނާމުކުރުމަށް ތެލްއަވީވް އިން ކުރަމުންދާ މަސައްކަތްތަކަށް އިތުބާރު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު ވިލާތް އަދި ކެނެޑާ ފަދަ ގިނަ ގައުމުތަކުން ވަނީ ފަލަސްތީނުގެ ހަރަކާތެއް ކަމަށްވާ ހަމާސްއާ ގުޅުން އޮތް ކަމަށް ބެލެވޭތީ ޔޫއެންއާރުޑަބްލިއުއޭ އަށް ދޭ ފައިސާ މެދުކަނޑާލަން ނިންމައިފައެވެ.

ހަމާސް ޖަމާއަތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެޖެންސީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން އެ އެޖެންސީގެ ކޮމިޝަނަރ ޖެނެރަލް ފިލިޕޯ ލަޒާރިނީ ވަނީ އަންގަވައިފަ އެވެ.

ސުލްހަވެރި ގަރާރަކަށް ވަކާލާތު ކުރައްވަމުން އުރުދުޣާން ވިދާޅުވީ "ދެމެހެއްޓެނިވި ސުލްހައަށް އޮތް ހަމައެކަނި މަގަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި އިރުމަތީ ގުދުސްގެ ވެރިރަށެއްގެ ގޮތުގައި އޮތް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން" ކަމަށެވެ.

އަދި އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގައި ތުރުކީ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަލަސްޠީނުގެ މައްސަލައާ ވަރަށް ގާތުން ގުޅިވަޑައިގެން، މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމަށް ގޮވާލެއްވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޙަމާސް ޖަމާޢަތުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ހަމަލަތަކެއް ދޭން ފަށައިފައެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ވަގުތީ ހުކުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 30،631 މީހުން ޝަހީދުކޮށްލައިފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 72،043 މީހުން ޒަޚަމްވެފައި ވާކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށްޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުންނުކުރެވޭވަރު ވެފައި ކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ދަޢުވާ އުފުލައިފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ޙުކުމެއްގައި ވަނީ، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ ޢަމަލުތައް ހުއްޓާލައި، ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގައިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު