Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތުލުއާންމު ތަހުގީގުކުރުމަށް މޮރޮކޯއިން ގޮވާލުން

އެހީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންތަކެއް ޝަހީދުކޮށްލި މައްސަލަ ތަހުގީގު ކުރުމަށް މޮރޮކޯއިން ގޮވާލައިފި

5 މާރިޗު 2024 | އަންގާރަ 16:59

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން 100އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 މާރިޗު 2024 | އަންގާރަ 16:59
ޣައްޒާގައި ކާނާގެ އިންތިޒާރުގައި ތިބި ކުޑަކުދިންތަކެއް

ޣައްޒާގައި ކާނާގެ އިންތިޒާރުގައި ތިބި ކުޑަކުދިންތަކެއް

އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންތަކެއް، އިސްރާއީލުގެ އޮކިއުޕަންސީ ފޯސަސް (އައިއޯއެފް)އިން ޝަހީދުކޮށްލުމުން، މޮރޮކޯއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމައްސަލަ ތަހްގީގު ކޮށްދިނުމަށް ގޮވާލައިފިއެވެ.

ގަލްފް ކޯޕަރޭޝަން (ޖީސީސީ)ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯގެ ފޮރިން މިނިސްޓަރު ނާސިރު ބޮރިޓާ ވަނީ އައިއޯއެފްގެ އެ ގަތުލުއާންމު މޮރޮކޯއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަން ހާމަކުރައްވާފައެވެ.

މޮރޮކޯއިން ބާރުއަޅަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު އަމަލުތައް އެއްގޮތަކަށްވެސް ބަލައިނުގަތުމަށް ކަމަށްވާއިރު، މި އުދުވާނީ އަމަލުގެ މިނިވަން އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގައި، ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ވެސް މޮރޮކޯއިން ގޮވާލާ ކަމަށް ބޮރިޓާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބޮރިޓާ ވަނީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތް ކަށަވަރުކުރުމަށްޓަކައި، އަވަސް، ދެމެހެއްޓެނިވި އަދި ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއެޅުމަށް ގޮވާލައްވާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން 100އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާކަމަށް، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

އެންމެ ފަހުން ހިންގި މި ގަތުލުއާންމާއެ،ކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ އަދަދު ވަނީ 30،631ށް އަރާފައެވެ.

އައިއޯއެފްގެ ގަތުލުއާންމުގެ ސަބަބުން، ވަށާލާފައިވާ އެންކްލޭވްގައި 72،043 މީހުން ވަނީ ޒަޚަމްވެފައެވެ.

އދ.ގެ އޮފިޝަލުން ގެންދަވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ހޫނުވެދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޗީފް ވޮލްކަރ ތުރުކީ ވިދާޅުވީ ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އަވަށްޓެރި ގައުމުތައް މިހާރުވެސް ވަރަށް ބޮޑަށް ރުޅިގަދަވެ، ނުރައްކާތެރި ހާލަތަކަށް އައިސްފައިވާ ކަމަށެވެ. އަދި ރުޅިގަނޑު ތެރެއިން ހީވެސް ނުކުރާފަދަ ނަތީޖާއެއް ނުކުމެދާނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

އަދި މި ހާލަތުގެ ސަބަބުން މެދުއިރުމަތީގެ ކޮންމެ ގައުމަކަށް ވެސް، އަދި އޭގެ އިތުރުންވެސް އެތައް ގައުމަކަށް އޭގެ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ، އެކްޓިވިސްޓުންނާއި މުޒާހަރާގެ އެތައް މިލިއަން ބައިވެރިން ދަނީ، ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތުނާ އާންމުންނަށް އަމާޒުކޮށް ހިންގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
28 މެއި 2017

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

28 މެއި 2017
ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް