Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާނަށް ވަގުތެއް ނެތް: ޓުޗެލް

5 މާރިޗު 2024 | އަންގާރަ 09:16

ލާޒިއޯ އަށް ވަގުތު ބޭކާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ބަޔާނަށް އެކަން ކުރެވެން ނެތް ކަމަށް ޓުޗެލް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2024 | އަންގާރަ 09:16
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯއާ ދެކޮޅަށް ނުކުންނައިރު، ބަޔާން މިއުނިކަށް ވަގުތު ނެތް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އޭނާ މިހެން ބުނީ ބަޔާންގެ އަމިއްލަ ދަނޑުގައި ލާޒިއޯއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ލާޒިއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބު ކުރީ ލާޒިއޯ އިންނެވެ. އެހެންކަމުން، ކުއާޓާ ފައިނަލްގެ ޖާގަ ހޯދުމަށް ބޭނުންވާ ނަމަ، ބަޔާނަށް ޖެހޭނީ އަމިއްލަ ދަނޑުގައި ލާޒިއޯ ބަލި ކުރާށެވެ.

ޓުޗެލް ބުނީ ބަޔާނަށް ވަގުތެއް ނެތް ކަމަށާއި، ވަގުތު ބޭކާރު ކޮށްލަން ތިބެވެން ވެސް ނެތް ކަމަށެވެ. ޚާއްސަކޮށް ބަޔާނަށް ފުރަތަމަ އެޓޭކު ކުރަން ފުރުސަތު ލިބެންދެން މަޑުކޮށްގެން ވެސް ނުތިބެވޭނެ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ، ލާޒިއޯ އިން ކުރާނެ ކަމަކަށް ބަލައިގެން ވެސް ނުތިބެވޭނެ ކަމަށާއި، ލާޒިއޯގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ކުރާާނެ ކަމަކާ މެދު ވިސްނަން ވެސް ނުތިބެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ލާޒިއޯ އަށް ވަގުތު ބޭކާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ބަޔާނަށް އެކަން ކުރެވެން ނެތް ކަމަށް ޓުޗެލް ބުންޏެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުން ބަޔާން ކަޓައިފި ނަމަ، ޓުޗެލް މަގާމުން ވަކި ކުރާނެ ކަމުގެ ވާހަކަތާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެމުން ޓުޗެލް ބުނީ، އެއީ އޭނާ ނިންމާނެ ނިންމުމެއް ނޫން ކަމަށެވެ. އޭނާ ބުނީ ކުލަބާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުން މިހާރު އޮންނާނީ ގޮތެއް ހޯދައި، އެގޮތަށް އަމަލު ކުރުމަށް އެއްބަސްވެފައި ކަމަށެވެ. އެކަމަށް ވިސްނަން ބޭނުން ނުވާކަން ފާހަގަކޮށް ޓުޗެލް ބުނީ، އޭނާގެ ވިސްނުން ހުރީ ހަމައެކަނި މެޗަށް ކަމަށެވެ.

ބަޔާންގެ ނަތީޖާތައް ދަށްވެ، މި ސީޒަންގައި އެ ޓީމަށް ޕްރެޝަރު ބޮޑުވެފައިވާއިރު، މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާނެ އެވެ. އެއީ ބަޔާނާއި، ޓުޗެލްއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ނަމަވެސް ޖަރުމަނުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުންް، ޗެމްޕިއަންސް ލީގުން ބަޔާން ކަޓައިފި ނަމަ، ވަގުތު ޓުޗެލް ވަކި ކުރުމުގެ ވިސްނުން ކުލަބުގެ އިސްވެރިން ގެންގުޅެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 މެއި 2017

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

14 މެއި 2017
އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް