Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަފުށީގައި ކުނި މެނޭޖްކުރުން

ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު

5 މާރިޗު 2024 | އަންގާރަ 08:17

ކުނި މެނޭޖް ކުރާނެ ގޮތުގެ ޤައުމީ ތާވަލެއް އެކުލަވާލައި، 22 ފެބްރުއަރީގައި އިފްތިތާޙު ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2024 | އަންގާރަ 08:17
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް

ކ. ތިލަފުށީގައި ދުވާލެއްގެ މައްޗަށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހަފްތާ 14 ގެ ތެރެއިން މިނިސްޓްރީއަށް ކަނޑައެޅިފައިވަނީ މައިގަނޑު 3 މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ރަށްރަށުގައި ކުނި މެނޭޖް ކުރާނެ ގޮތުގެ ޤައުމީ ތާވަލެއް އެކުލަވާލުމާއި، ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކޮށް، ތެލުން އުފައްދާ ކަަރަންޓު ރާއްޖޭގައި ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އަތޮޅު ފެންވަރުގަޔާއި، ރަށު ފެންވަރުގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި ނައްތާލުމުގެ މަސައްކަތުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން ހިމެނެއެވެ.

އޭގެ ތެރެއިން ކުނި މެނޭޖް ކުރާނެ ގޮތުގެ ޤައުމީ ތާވަލެއް އެކުލަވާލައި، 22 ފެބްރުއަރީގައި އިފްތިތާޙު ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 500 ޓަނުގެ ސިސްޓަމުން މިހާރު ތިލަފުށީގައިވެސް އެންމެ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ތިލަފުށީގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަށް ފަންޑު ހޯދައި، ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.  

މިނިސްޓަރު ތާރިޤް ވިދާޅުވީ މިހާރު ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޤާއިމުކުރެވޭ އިންސިނަރޭޓަރަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭވަރުގެ ނިޒާމެއް ކަމަށާއި އެހެން ނަމަވެސް ދުވާލަކު 1،000 ޓަނުގެ ކުނި އެންދޭ ވަރުގެ އިންސިނަރޭޓަރެއް ތިލަފުށީގައި ގާއިމުކުރަން ޖެހޭ ކަމަށެވެ.

އެހެން ކަމުން، މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނީގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ މަޝްރޫޢުއަކީ ކުނި އަންދައިގެން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް