Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ޔުނައިޓެޑް

ކުޅުންތެރިން ގަބޫލުކުރަނީ މި ސީޒަނަށް ފަހު ޓެން ހާގް ނުބަހައްޓާނެ ކަމަށް

ރަޓްކެލިފޭ ގެނެސްފައިވާ ބަދަލުތަކުން ކުޅުންތެރިން ކޯޗު ހުންނާނެ ކަމަށް ނުބަލާ

ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 07:14
ޔުނައިޓެޑްގެ ފުރަތަމަ ލަނޑަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ

ޔުނައިޓެޑްގެ ފުރަތަމަ ލަނޑަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ

މި ސީޒަނަށް ފަހު ކޯޗުކަމުގައި އެރިކް ޓެން ހާގް ނުބަހައްޓާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ގިނަ ކުޅުންތެރިން ގަބޫލުކުރަން ފަށައިފި އެވެ.

އިނގިރޭސި ނުފޫޒުގަދަ މީޑިއާތަކުން ބުނާ ގޮތުގައި ޔުނައިޓެޑް ހިންގުމާ ޖިމް ރަޓްކްލިފޭގެ އިނިއޯސްއިން ހަވާޅުވުމަށްފަހު މިހާތަނަށް ގެނެސްފައިވާ ބަދަލުތަކަކީ މިކަމަށް ހެކިދޭ ފަދަ ބަދަލުތަކެކެވެ. މި ގޮތުން ރަޓްކްލިފޭ ވަނީ ކޯޗު، ކުލަބުގެ ޗީފް އެގްޒެކެޓިވް އަށް ސީދާ ޖަވާބުދާރީވުން ކަމުނުދާ ކަމަށް ބުނެފަ އެވެ.

ރަޓްކްލިފޭ ވަނީ ޔުނައިޓެޑާ ހަވާލުވުމަށްފަހު ޗީފް އެގްޒެކެޓިވް އަކަށް އޮމަރް ބެރާޑާ އަދި ޑޭން އޭޝްވޯތް ކުލަބުގެ ފުޓްބޯޅަ ޑައިރެކްޓަރަކަށް ހަމަޖައްސައިފައެވެ. މި ދެ މަގާމަށް ގެނައި ކުއްލި ބަދަލާއެކު ކޯޗުގެ މަގާމު ވެސް ބަދަލުވާނެ ކަމަށް ކުޅުންތެރިން ގަބޫލުކުރެ އެވެ.

އޭގެ އަނެއް ސަބަބަކީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް ޔުނައިޓެޑް ކޮލިފައިވުމުގެ މުހިންމުކަން ރަޓްކްލިފޭ ފާހަގަ ކުރަމުންދާތީ އެވެ. އޭނާ ވިދާޅުވަނީ ޓީމު ނަގައި ކޮޅަށް ޖެހުމަށް ދަނޑުމަތީގެ ނަތީޖާތައް ނުހަނު މުހިންމު ކަމަށާއި ހާއްސަކޮށް ފައިނޭންޝަލް ފެއާޕްލޭގެ ތެރޭގައި ތިބުމަށް ޗެމްޕިއަންސް ލީގު ކުޅުން މުހިންމު ކަމަށެވެ.

އަދި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގަށް ކޮލިފައިވާންޖެހޭނެ ކަމަށް ރަޓްކްލިފޭ ވަނީ ޓެން ހާގަށް އަންގާފައި ކަމަށް ވެސް މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް މިހާރު ޓޭބަލުގެ ނަތީޖާތައް އޮތްގޮތުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން ވަނީ ޓެގްހަގް ގެންގުޅޭ ބައެއް އުސޫލުތަކާމެދު ވެސް ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ހަފުތާގެ މެދުތެރޭގައި މެޗެއް ނޯންނައިރު އޮފް ދުވަސް ނުދިނުން ހިމެނެ އެވެ. ނަމަވެސް އޭނާ އަށް ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންނާއި މުޅި ޓީމުގެ މެޖޯރިޓީ ތާއީދު އަދި އެބައޮތެވެ. މިކަމަށް ހެކި ދެނީ ރަފޭލް ވަރާނޭ އާއި ބުރޫނޯ ފެނާންޑޭޒް ފަދަ ކުޅުންތެރިން މުޅިން ފިޓްނުވި ނަމަވެސް ކޯޗުގެ އެދުމަށް މެޗުތަކަށް ނުކުންނަމުންދާތީ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު