Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

އެބާލް ބުނަނީ، އަބަދު ބަޔާނަށް މޮޅެތި ކުޅުންތެރިން ނުހޯދޭނެ ކަމަށް!

އެބާލް ބުނީ، އޭނާ ދެކޭ ގޮތުގައި ބޮޑު ހޭދަކޮށްފައި ކުޅުންތެރިން ގެނައުމަށްވުރެ ޓީމުގައި ތިބި ކުޅުންތެރިންގެ ކުރިއެރުމަށް މަސައްކަތް ކުރުން މުހިންމު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2024 | އަންގާރަ 01:10
ބަޔާންގެ ބައެއް ކުޅުންތެރިން

ބަޔާންގެ ބައެއް ކުޅުންތެރިން

ޖަރުމަނުގެ ބަޔާން މިއުނިކަށް، އަބަދު މޮޅެތި ކުޅުންތެރިން ނުހޯދޭނެ ކަމަށް، އެ ކުލަބުގެ އައު ޑައިރެކްޓަރު މެކްސް އެބާލް ބުނެފި އެވެ.

އެބާލް މިހެން ބުނީ، އައު ސީޒަނަށް ބަޔާން ވަރުގަދަ ކުރުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ދާދި ފަހުން ބަޔާންގެ ބޯޑަށް ހަމަޖެއްސި އެބާލް ވަނީ، ކުލަބުގެ ކުރިމަގަށް މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި މަަސައްކަތް ކުރާނީ، އެންމެ ބޭނުންވާ ގޮތަށް ޓީމެއް ބިނާ ކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޔާނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފުސީލަށް ދަމުން އެބާލް ބުނީ، އަބަދު ބަޔާނަށް މޮޅެތި ކުޅުންތެރިންގެ ސޮއި ނުހޯދޭނެ ކަަމަށެވެ. ޓޮޓެންހަމަށް ކުޅެމުން އައި އިންގްލެންޑުގެ ހެރީ ކޭން، ބަޔާނަށް ގެނައުމަކީ ބޮޑު މަސައްކަތެއްްކަން ފާހަގަކޮށް އޭނާ ބުނީ، ކުލަބުގައި ކޭން އަންނަނީ އޭނާގެ ފެންވަރު ވަރަށް ރަނގަޅަށް ސާބިތު ކޮށްދެމުން ކަމަށެވެ. އެހެން ނަމަވެސް، އަބަދު އެކަހަލަ ޓްރާންސްފާތަކެއް ބަޔާނަށް ނުހެދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ބަޔާނުން ބޭނުން ވަނީ ވަރަށް ފެންވަރު ރަނގަޅު މޮޅު ޓީމެއް އެކުލަވާލަން ކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ ކުޅުންތެރިން މިހާރު ވެސް ބަޔާންގައި ތިބި ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންގެ އަގު 100 ނުވަތަ 80 މިލިއަން ޔުރޯ އަށް ވެސް ނާރާކަން ފާހަގަކޮށް އެބާލް ބުނީ، އޭނާ ދެކޭ ގޮތުގައި ބޮޑު ހޭދަކޮށްފައި ކުޅުންތެރިން ގެނައުމަށްވުރެ ޓީމުގައި ތިބި ކުޅުންތެރިންގެ ކުރިއެރުމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ނަތީޖާތައް ދަށްވެފައިވާއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ބަޔާން އޮތީ ޕްރެޝަރުގަ އެވެ. ޖަރުމަނު ލީގު ދިފާއު ނުކުރެވޭނެ ކަމުގެ ބިރު ބަޔާނަށް ބޮޑުވެފައިވާއިރު، އަންނަ ސީޒަންގައި ޓީމަށް ބަދަލުތަކެއް ގެނައުމަށް ވެސް ކުލަބުގެ ވެރިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މިހާރު ހުރި ކޯޗު ތޯމަސް ޓުޗެލް ވަކި ކުރުމަށްފަހު، އައު ކޯޗެއް ގެނައުން ވެސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2020

ރާއްޖޭގެ ޓީމުތަކާއި ދެކޮޅަށް ކުޅޭ މެޗުތަކަކީ އަބަދުވެސް އުނދަގޫ މެޗުތަކެއް: ކުއަޑްރާޓް

18 ފެބުރުއަރީ 2020
ރާއްޖޭގެ ޓީމުތަކާއި ދެކޮޅަށް ކުޅޭ މެޗުތަކަކީ އަބަދުވެސް އުނދަގޫ މެޗުތަކެއް: ކުއަޑްރާޓް
04 ޖެނުއަރީ 2020

ޝާލްކޭގެ ކީޕަރު ނުބެލް ބަޔާނަށް

04 ޖެނުއަރީ 2020
ޝާލްކޭގެ ކީޕަރު ނުބެލް ބަޔާނަށް
02 އޮކްޓޯބަރު 2018

ޔުނައިޓެޑަށް ދިމާވާ މައްސަލަތުގެ ޒިންމާ އަބަދު އެއްބަޔަކު ނަގާކަށް ނުޖެހޭ: މޮރީނިއޯ

02 އޮކްޓޯބަރު 2018
ޔުނައިޓެޑަށް ދިމާވާ މައްސަލަތުގެ ޒިންމާ އަބަދު އެއްބަޔަކު ނަގާކަށް ނުޖެހޭ: މޮރީނިއޯ
20 މާރިޗު 2018

އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަބަދުވެސް ސާބިތުކޮށްދެން: ރޮނާލްޑޯ

20 މާރިޗު 2018
އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަބަދުވެސް ސާބިތުކޮށްދެން: ރޮނާލްޑޯ
13 ނޮވެމްބަރު 2017

ލިވަޕޫލްގައި އަބަދުވެސް ހުންނަނީ އުފަލުން: ކުޓީނިއޯ

13 ނޮވެމްބަރު 2017
ލިވަޕޫލްގައި އަބަދުވެސް ހުންނަނީ އުފަލުން: ކުޓީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު