Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްގެ ފަރާތުން އެދުނު ވަގުތީ އަމުރު މިއަދު ނެރެއެއް ނުދިން!

3 އޯގަސްޓު 2017 | ބުރާސްފަތި 08:37

ބަންދުން ދޫކޮށްލުމަށް އެދި ވަގުތީ އަމުރަކަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އޯގަސްޓު 2017 | ބުރާސްފަތި 08:37
ފާރިސް މައުމޫން

ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އަޑުއެހުން ނިންމާލައިފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް ބުރާސްފަތި ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލުކުރި ނަމަވެސް، ކުރިއަށް ގެންދިޔައީ ހަމައެކަނި ހައްޔަރުކުރަން ނެރުނު އަމުރުގެ މައްސަލަ އެވެ.

Advertisement - newsAdvertisement

އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފާރިސްގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހަމައެކަނި ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް ކުރިއަށް ގެންދިޔައީ ވަގުތު އޮތް ގޮތުން ކަމަށާއި، އަޑުއެހުމުގައި އިސްތިއުނާފްކުރާ ނުކުތާތައް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ފާރިސްގެ ފަރާތުން ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ފާރިސް ބަންދުކޮށްފައިވާ ކަމަށެވެ. ޝަމީލް ވިދާޅުވީ އެ މާއްދާއަކީ މިހާރުވެސް އަމަލުކުރަމުންދާ މާއްދާއެއް ކަމަށާއި އެ މާއްދާ ބާތިލްކުރުމަށް މީގެކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ވެސް ބާތިލް ކޮށްދީފައިނުވާ ކަމަށެވެ.

ދެން ފާހަގަކޮށްފައިވަނީ ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރުނު އިރު އޭނާ ހައްޔަރުކުރުމަށް ޟަރޫރަތެއް ނެތްކަމަށް ބުނާ ނުކުތާ އެވެ. ޝަމީލް ވިދާޅުވީ ހުށަހެޅިފައިވާ ހެކި ގަރީނާއަށް ބަލާއިރުވެސް ފާރިސްއަކީ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތައުމުގެ ސަލާމަތަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ބޭފުޅެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އިތުރަށް ފާހަގަކޮށްފައިވަނީ، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ އެ ކޯޓުން އަމަލުކުރާ އިޖުރާއަތާ ވެސް ޚިލާފަށް ކަމަށް ބުނާ ނުކުތާ އެވެ.

ޝަމީލް ވިދާޅުވީ ކޯޓު އަމުރެއް ނެރެގެން ނޫނީ އަމަލުނުކުރެވޭނެ ކަންކަމަށް އަމުރު ނެރުމުގައި އަމަލުކުރަންޖެހޭނެ އިޖުރާއަތްތަކާއި، އަމުރު ނެރޭނެ ފަނޑިޔާރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ މަހެއް ވެފައިވާއިރު ވެސް އެ ގަވާއިދު އެކުލަވާލާފައިނުވާކަން ފާހަގަކޮށް، އޭނާ ވިދާޅުވީ ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކްރިމިނަލް ކޯޓުން ނެރޭ އަމުރުތައް ނެރުއްވަނީ އެ ދުވަހަކު ބަންދުގެ މަޖިލިސް ބައްލަވަން އިންނަވާ ފަނޑިޔާރު ކަމަށެވެ. ނަމަވެސް ފާރިސް ހައްޔަރުކުރުމަށް ނެރުއްވި އަމުރު ވަކި ފަނޑިޔާރަކު ނެރުއްވައި، ގެ ބަލާފާސްކުރުމަށާއި ފޯނު ހިފަހެއްޓުމުގެ އަމުރު އެހެން ފަނޑިޔާރަކު ނެރުއްވުމުގައި އަމަލުކޮށްފައިވަނީ ކޯޓުން އަމަލުކުރަމުންދިޔަ އިޖުރާއަތާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން އެދުނު ނަމަވެސް އަޑުއެހުން ނިންމާލީ އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމެއް ނެތި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ކޯޓުން ހާމަކޮށްފައި ނުވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް