Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވައުދުވީ ސްޓިކަރ ނުޖަހަން، ޓޯ ނުކުރާކަށް ނޫން

ޓޯކުރާ އުޅަނދެއް ޓޯޔާޑުން ނެރެން 750 ރުފިޔާ ދައްކަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 12:31
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި

މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި

މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންކުރާ އުޅަނދުތައް ޕާކުކުރާނެ ތަން ނެތުމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ޕާކުކުރާނެ ޖާގަ ނެތުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް ވެހިކަލުތައް ޖެހުނުތަނެއްގައި ޕާކުކުރެއެވެ. އެކަމަށް ހައްލު ގެނައުމަށް ފުލުހުން ޖަހަނީ ސްޓިކަރއެވެ. ނަމަވެސް އެއީ މިމައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކަށް ނުވަނީ، ވެހިކަލު ޕާކުކުރާނެ ޖާގަ އެވަރަށް ނެތުމުންނެވެ. ރައްޔިތުންގެ ޝަކުވާއަކީ ޕާކުކުރާނެ ޖާގަ ނުދައްކައި ސްޓިކަރ ޖަހާތީއެވެ. ކޮންމެ ސްޓިކަރއަކީ 250 ރުފިޔާއެވެ. އެ އަދަދު އެތައް ގުނައެއް ވެގެން ރައްޔިތުންނަށް ދައްކަންޖެހޭ އަދަދު އެތައް ހާހަކަށް އެރުމެވެ.

މިކަމުގައި ސިޔާސީ ފަރާތްތަކުން ވެރިކަމަށް އައުމުގެ ކުރިން ވާ ވައުދަކީ، ޕާކުކުރާނެ ޖާގަ ނުދައްކާ ސްޓިކަރ ނުޖަހާނެކަމެވެ. ނަމަވެސް އެންމެ ފަހުން މި އޮންނަނީ ކޮންމެ ވެރިއަކަށްވެސް ކޮންމެސް ނަމެއްގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުން ޖޫރިމަނާއެއް ނެގުމެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވެރިކަމަށް ވަޑައިގަންނަވަމުން، ޕާކުކުރާނެ ޖާގަ ނުދައްކާ ސްޓިކަރ ނުޖަހާނެ ކަމަށް ވައުދުވިއެވެ. ނަމަވެސް އެންމެ ފަހުން އެ ސަރުކާރަށްވެސް ޖެހުނީ އެކަން ކުރާށެވެ. ރައީސް ސާލިހާ ދެކޮޅަށް ރިޔާސީ އިންތިޚާބުގައި ނިކުންނެވި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ހަމައެފަދައިން ވައުދުވެވަޑައިގަތެވެ.

އެއާ އެއްގޮތަށް މިސަރުކާރުން މިހާތަނަށް އައިއިރު ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކަރއެއް ނުޖަހައެވެ. އޭގެ ނަތީޖާއަކީ ޖެހުނު ތަނެއްގައި ވެހިކަލުތައް ޕާކުކުރުމެވެ. ހަތަރު ފުރޮޅުލީ އުޅަނދުތައް މުޅި ޕޭމަންޓް މަތި ފުރާލައި ޕާކުކޮށްފައި ހުރުމެވެ. އެއާއެކު ހިނގާބިނގާވެ އުޅޭ މީހުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވެއެވެ. ދެކޮޅަށް ދުއްވާ މަގުތަކުގެ ދެކޮޅުގައި އޮންނަ ދެ ޕޭމަންޓް ފުރައި ވެހިކަލުތައް އޮންނަނީ ޕާކުކޮށްފައެވެ. މިކަމުން އުނދަގޫ ވަނީ ހަމައެކަނި ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަންޏެއް ނޫނެވެ. ދުއްވާ އުޅަނދުތަކަށް ވެސް ދުއްވަން އުނދަގޫވެ، މަގުތައް ތޮއްޖެހެނީއެވެ. ޓްރެފިކަށް ބާރު ބޮޑުވަނީއެވެ.

މަޖީދީ މަގަކީ ބަސް ދުއްވާ މަގެއްކަމުން އެ މަގުގައި ޕާކުކުރުމަކީ މަނާކަމެކެވެ. ނަމަވެސް މަޖީދީ މަގުގެ ދެ ފަރާތުގެ ޕޭމަންޓް ކައިރިއަކީ ސައިކަލުތައް ޕާކުކުރާ ތަނަކަށް ވަނީ ވެފައެވެ. އެކަން އެހެން ހިނގާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މަޖީދީ މަގުގައި ބަސް ދުއްވާއިރު އެމަގަކީ މާލޭގެ މައި އެއް މަގަށް ވާތީ ގިނަ ބަޔަކު އެމަގު ބޭނުންކުރެއެވެ. އެހެންކަމުން މަޖީދީ މަގުގެ ޓްރެފިކް ކުޑަވެފައި އޮންނަ އިރެއް ދިމާވާނީ ވަރަށް މަދުންނެވެ. އެއާއެކު އެހެން މަގުތަކަށް ވެސް ބާރު ބޮޑުވެއެވެ. ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި އޮންނަނީ ކާރުތަކާއި ޕިކަޕުތައް ޕާކުކޮށްފައެވެ. އަމީނީ މަގުވެސް ހަމަ އެފަދައެވެ. ގްރީން ޒޯނުތައްވެސް ހަމަ އެފަދައެވެ.

ތެދެކެވެ. ސްޓިކަރއެއް ނުޖަހައެވެ. ނަމަވެސް ޖެހުނު ތަނެއްގައި ވެހިކަލު ޕާކުކުރުމުގެ ނަތީޖާއަކީ މަގުތައް ބޭނުންކުރާ މީހުންނަށް އިންތިހާއަށް ދަތިތަކާ ހުރިހާ ކުރިމަތިލާންޖެހުމެވެ. އެކަމުގެ ޝަކުވާ އާންމުން ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ ނަގަންވާނެ ކަމަށް ބުނެ ދޫކޮށްލެވޭ ވަރަށްވުރެ މައްސަލަ ގޯސްވެއްޖެއެވެ. އެންމެފަހުން ފުލުހުން ވަނީ މިކަމަށް ހައްލު ގެނައުމަށް ކޮންމެސް މަސައްކަތެއް ކުރާނެކަން ހާމަކޮށްފައެވެ.

މިކަމަށް ހައްލު ގެނައުމަށް އަޅާނެ ފިޔަވަޅުތައް އާންމުކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުޅަނދުތަކުގައި ސްޓިކަރ އެއް ނުޖަހާނެއެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރާނީއެވެ. ބުރާސްފަތި ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރާނެކަމަށް ބަޔާންކޮށްފައިވާއިރު، ނޫސްބަޔާނުގައި އިޝާރާތްކޮށްފައިވާ މާއްދާތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ؛ އެއްގަމު އުޅަނދެއް ގަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ސަބަބުން، އެ މާއްދާގެ (ށ)ގެ ދަށުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.

އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ޚާއްސަ އުޅަނދު ފަހަރު ފިޔަވައި އެ ނޫން އުޅަނދު ފަހަރު އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިޚާތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އެފަދައިގެން ގެންދެވޭ އުޅަނދުފަހަރާ މެދު އަމަލުކުރެވޭނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 1-68 ވަނަ މާއްދާގައި ވާ ގޮތުގެ މަތިންނެވެ.

އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ އެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ)ގެ ދަށުން އުޅަނދެއްގައި ޕާކިންގ ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި (ށ)ގައި ބުނެފައިވަނީ އެ ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިންގ ވަޔަލޭޝަން ސްޓިކަރ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ޚިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މާނައަކީ ސްޓިކަރ ޖެހީމާ އަރަނީ ފަހަރަކު 250 ރުފިޔާއެވެ. ޓޯކުރާ އުޅަނދެއް ޓޯޔާޑުން ނެރެން 750 ރުފިޔާ ދައްކަންޖެހެއެވެ. އަދި 15 ދުވަހުގެ ތެރޭގައި އުޅަނދު ޓޯޔާޑުން ނެރޭނަމަ އެއުޅަނދަކަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ދައްކަންޖެހެއެވެ. ވެހިކަލު ޓޯޔާޑަށް ލުމުން ވެހިކަލު ދެން ދުއްވޭނީ 750 ރުފިޔާ ދެއްކުމުންނެވެ. މިވީ ކިހިނެއްހެއްޔެވެ؟

ތެދެކެވެ. އަދިވެސް ސްޓިކަރއެއް ނުޖަހައެވެ. އުޅަނދު ޓޯކުރަނީއެވެ. ޓޯކުރާ އުޅަނދު ނަގަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ކޮންމެ ފަހަރަކު 750 ރުފިޔާ ދައްކަން ޖެހުނަސް އެކަން ޖެހޭނީ ކުރަންތާއެވެ. އެ މީހަކު އެއް ތަނުން އަނެއް ތަނަށް ދާން ބޭނުންކުރާ އުޅަނދާނުލައި މީހާ މިހާރު ފުރިހަމަވެސް ނުވެއެވެ. އެހާވެސް މާލޭގައި އުޅެންޖެހޭ ބިޒީ ދިރިއުޅުމާއެކު ވެހިކަލުގެ މުހިންމުކަން ބޮޑެވެ.

އެހެންނަމަވެސް ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުގައި ޕާކުކުރާނެ ތަން ނުދައްކައި ސްޓިކަރ ނުޖަހާނެކަމަށް ވިދާޅުވެ ޓޯ ކުރަން ފެށުމުން އެ ވައުދު ފުއްދެވީ ކަމަށް ރައްޔިތުން ބަލަންވީ ހެއްޔެވެ؟ ސަރުކާރުގެ އަމާޒަކީ ޕާކިންގ މައްސަލަ ހައްލުކުރަން ޕާކިންގ ބިލްޑިންގުތައް އެޅުމެވެ. އެކަން ކުރަން ފަށާނީ ވެސް އަންނަ މަހުއެވެ. އެކަން އަދި ނިމޭނެ ދުވަހެއް ނޭނގެއެވެ. ނަމަވެސް މިއޮތީ ކޮންމެވެސް ނަމެއްގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުން ޖޫރިމަނާ ނަގަން މި ސަރުކާރަށްވެސް ފެށިފައެވެ. ހަމައެކަނި ސްޓިކަރ ނުޖަހަމޭ ބުނާކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު