Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

މަޖިލިސް އިންތިޚާބުގައި އަލުން ރީރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 14ގައި ހުޅުވާލަނީ

4 މާރިޗު 2024 | ހޯމަ 09:32

21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ނިންމުމާ ގުޅިގެން އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2024 | ހޯމަ 09:32
2023 ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ

2023 ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްވުމާއި ގުޅިގެން، މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 14 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އީސީގެ މެންބަރުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އިންތިޚާބު ފަސްވުމާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ކޮމިޓީގައި އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ 21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ނިންމުމާ ގުޅިގެން އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބޭ ކަމަށެވެ. އެހެންކަމުން މި ފަރާތްތަށް ވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހޯދައިދިނުމަށް މިމަހުގެ 14 ގައި ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލާނެ ކަމަށެވެ. އަދި ވިދާޅުވީ އެ 560 މީހުންނަށް ޚާއްސަކޮށް ވޯޓާޒް ލިސްޓަށް ޝަކުވާ ހުށަހަޅަން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ހަސަން ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާ ފުރުސަތަކީ އާއްމުކޮށް ހުޅުވާލާ ފުރުސަތެއް ކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި މިމަހުގެ 14ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލަނީ ޝަކުވާއަށް ރިއާޔަތްކުރުމަށްފަހު ކަމަށާއި އަލުން ފައިނަލް ވޯޓަރސް ލިސްޓު ގެޒެޓުގައި އާއްމުކުރާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކާއި ގުޅޭގޮތުން ހަސަން ވިދާޅުވީ މިހާރު މެލޭޝިއާއާއި ލަންކާގައި ވޯޓު ފޮށި ބެހެއްޓޭ އަދަދު ހަމަވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އެހެން ގައުމެއްގައި ފޮށި ބެހެއްޓޭ އަދަދަށް މީހުން ރަޖިސްޓްރީ ވެއްޖެނަމަ އެ ތަނެއްގައި ވެސް ވޯޓުފޮށި ބަހައްޓާނެކަމަށެވެ. ބޭރުގެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބު ބާއްވަނީ 93 ދާއިރާއަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ރޯދަ މަހު އިންތިޚާބުތައް ބޭއްވުން މަނާވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގެ ބިލު، 29 ފެބްރުއަރީ 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއި ގުޅިގެންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް