Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެނދިކުޅުދޫ ކައުންސިލުގެ ބަޔާން

ޤާނޫނީ ސަބަބެއް ނެތުމުން ބަޔާން ބާތިލުނުކުރަން ކެނދިކުޅުދޫ ކައުންސިލުން ނިންމައިފި - އެދުނީ ލާމަރުކަޒީ އުސޫލުގެ މަގްސަދު ގެއްލުވާނުލުމަށް

4 މާރިޗު 2024 | ހޯމަ 09:55

ކެނދިކުޅުދޫ ކައުންސިލުން ފުރަތަމަ ބަޔާން ނެރުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އަމަލުކުރެއްވި ގޮތުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 މާރިޗު 2024 | ހޯމަ 09:55
ކެނދިކުޅުދޫ ކައުންސިލާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުން

ކެނދިކުޅުދޫ ކައުންސިލާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް އަމަލުކުރެވެން ނެތް ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

އެލްޖީއޭ އިން ބާތިލްކުރަން އެންގި ބަޔާނަކީ ކެނދިކުޅުދޫ ކައުންސިލުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުން އެންގި އެންގުންތަކާ އެއްގޮތަށް އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވަނިކޮށް، އެ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ރައީސް އަދި ސަރުކާރުގެ ވަޒީރުން، މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެކެވެ. އެކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ރައީސް ވަޑައިގެންނެވި ހިސާބުން ފެށިގެން ރައްޔިތުންނާއި މުހާތަބުކުރުމަށް ބޭއްވި ހަފްލާގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސިލުން ބައިވެރިވެފައިވާނެ ކަމަށެވެ. އަދި އެދުވަހު ބޭއްވި ހަފުލާ އެ ކައުންސިލަަށް ސިފަވީ، ރައީސް ދަތުރުފުޅުގެ ނަމުގައި ވަޑައިގެން މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ބަޖެޓުން ސިޔާސީ ކަންކަމަށް ޚަރަދު ކުރުވާތީ އެކަމުގެ ކަންބޮޑުވުން ކެނދިކުޅުދޫ ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އެލްޖީއޭ އިން ވަނީ ކައުންސިލްގެ އެ ބަޔާން ބާތިލްކުރުމަށް އަންގާ ބަޔާނެއް ނެރެފައެވެ. އެގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުން ރައީސްގެ ކަރާމާތަށް އަރައިގަނެފައިވާ ކަމަށް ފާހަގަކޮށް އެ ބަޔާން ބާތިލުކުރުމަށް އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެކަމާއި ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކެނދިކުޅުދޫ ކައުންސިލުން ބުނީ އެލްޖީއޭއިން ފޮނުވާފައިވާ ސިޓީގައި ކެނދިކުޅުދޫ ކައުންސިލުން މީގެ ކުރިން ނެރުނު ބަޔާން ބާތިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ބުނެދެވިފައިނުވާ ކަމަށެވެ.

އެ ކައުންސިލުން ވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ވެރިކަން ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ތަޞައްވުރާއި މަޤުސަދުތައް ގެއްލުވާލައި، ކައުންސިލްގެ ބާރުތައް ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށް އެ އޮތޯރިޓީ އަށް ގޮވާލާފައެވެ.

އެ ކައުންސިލުން އިތުރަށް ބުނީ ރަށު ކައުންސިލްތަކަކީ ލޯކަލް ކައުންސިލްގެ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ސަރުކާރާއި ވަކިން އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަހްޞުތަކެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި ރަށު ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއްކަމަށާ ކައުންސިލްތަކަކީ މިނިވަންކަމާއެކު ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންނުވާ ސަރުކާރުގެ ދަށުން ހިނގާ ސަރުކާރުގެ އިދާރާއެއްގެ ގޮތަށް ސިފަކުރުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ރޫހާއި މަޤްޞާދާއި ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެލްޖީއޭ އިން މީގެ ކުރިން ބުނެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން، ރައީސްއަށް މަތިކޮށްފައިވާ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ކެނދިކުޅުދޫ ކައުންސިލްގެ ޢަމަލުތައް ބަހައްޓާފާއިވާކަމަށެވެ. އެހެންކަމަށް ވާއިރު ކައުންސިލުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ކައުންސިލްތަކަށް މަތިކުރެވިފައިވާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކުރެވިފައިވާކަން ކެނދިކުޅުދޫ ކައުންސިލުން ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގައި ކައުންސިލްތަކާއި ސަރުކާރުގެ ޤައުމީ އިދާރާތަކާއި އޮންނަންވާނޭ ގުޅުން ތަފްސީލްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން ކައުސިލްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ އެ ޤާނޫނުގެ މައިގަނޑު އެއް އަސާސު ކަމަށާއި އެ ކައުންސިލްގެ ފަރާތުން މިހާތަނަށް ވަސް މަސައްކަތްކޮށްފައިވާނީ އެގޮތަށް ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރާނީ ސަރުކާރާއި ގުޅިގެން ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަޤީންކަން އެ ކައުންސިލުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް