Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން

ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގެ ނަތީޖާ ދެތިން އަހަރު ދުވަހުގެތެރޭގައި ފެންނާނެ - ރައީސް

މި ދަނޑިވަޅަކީ ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަންކަން ކުރަންޖެހޭ ދަނޑިވަޅެއް ކަަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 މާރިޗު 2024 | ހޯމަ 04:05
ރ.އިނގުރައިދޫގައި ރައީސް ޑރ.މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރ.އިނގުރައިދޫގައި ރައީސް ޑރ.މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، މި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރަން ކަނޑައަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރ.އިނގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބައެއް ނިންމުންތައް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އުފެއްދޭ ތަކެތި ވެސް ބޭރު ޤައުމުތަކުން އެތެރެކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ފުޑް ސެކިއުރިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ކަންކަން ސަރުކާރުން ފަށާފައިވާ ކަމަށާއި މާލަސްތަކެއްނުވެ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީގެން، އަދި މުޅިން އަލަށް ޤާއިމުކުރެވޭ ސަރަހައްދުތަކުގައި ސެންޓަރުތައް ޤާއިމުކޮށްގެން އެ މަސައްކަތް ފަށާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެފަދަ ނިންމުމެއް ނިންމުމުގެ އަނެއް މަޤްޞަދަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ކާނާ އުފެއްދުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިންޑަންސްޓްރީ އަށް ގާތްގަނޑަކަށް ރާއްޖޭގެ އާބާދީއަށް ބޭނުންވާހާ ގިނަ ކާބޯތަކެތި ބޭނުންވާކަމަށާއި އެތަކެތި ވެސް މިހާރު އެތެރެކުރަނީ ބޭރު ޤައުމުތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރިސޯޓުތަކަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރުމަކީ އަމާޒެއް ކަަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދެ ކަމަށް އިސްކަންދެއްވައިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރުމަށްޓަކައި ވަކިން ޚާއްޞަކޮށް، އެގްރިކަލްޗަރ މިނިސްޓްރީއެއް ވެސް ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ މައިގަނޑު އެއް ޓާސްކަކީ ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީއާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ މިންވަރަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަންކަން ކުރަން ޖެހޭ ދަނޑިވަޅެއް ކަަމަށާއި ރާއްޖޭގެ ފުދުންތެރިކަން ޤާއިމުކުރުމަށްޓަކައި ކުރަމުންދާ ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު