Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ބޮޑުވަޒީރަކު އައްޔަންކުރުން

ޕާކިސްތާނުގައި އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

3 މާރިޗު 2024 | އާދީއްތަ 17:25

ޝަހްބާޒް ޝަރީފް އެންމެ ފުރަތަމަ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 3 މާރިޗު 2024 | އާދީއްތަ 17:25
ޕާކިސްތާނުގެ އާ ބޮޑުވަޒީރު، ޝަހްބާޒް ޝަރީފް

ޕާކިސްތާނުގެ އާ ބޮޑުވަޒީރު، ޝަހްބާޒް ޝަރީފް

ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއެކު، އާންމު އިންތިޚާބެއް ބޭއްވިތާ ހަފުތާއެއްހާ ދުވަސް ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް ހަމަޖައްސައިފިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގު އާދީއްތަ ދުވަހު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބަށްފަހު، ޕާކިސްތާނުގައި އަލަށް އުފެދުނު ސަރުކާރުގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އިންތިޚާބުކޮށްފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޝަރީފަށް 336 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އެސެމްބްލީގައި 201 ވޯޓު ލިބިވަޑައިގަތީ ވާދަވެރި އުމަރު އައްޔޫބް ޚާނަށްވުރެ އިތުރަށް 92 ވޯޓު ހޯއްދަވައިގެންނެވެ.

މިއީ ޕާކިސްތާނުގެ މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން)ގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު އަދި ޕީއެމްއެލް-އެންގެ ބާނީ ނަވާޒް ޝަރީފްގެ ކޮއްކޮ ޝަރީފްގެ ދެވަނަ ދައުރެވެ. އިންތިޚާބާ ދިމާކޮށް އިންތިގާލީ ސަރުކާރަކަށް ތާއީދުކޮށް ޕާލަމެންޓް އުވާލިއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ޝަހްބާޒް ހުންނެވީ ބޮޑުވަޒީރުގެ މަގާމުގައެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކުން އިމްރާން ޚާން މަގާމުން ދުރުކުރުމަށްފަހު ޝަހްބާޒް ޝަރީފް އެންމެ ފުރަތަމަ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ކުށުގައި އިމްރާން މިހާރު ޖަލަށްލާފައި ވާއިރު، އޭނާގެ ޕާޓީ ކަމަށްވާ ޕީޓީއައިއަށް، މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ވަނީ ހުރަސް އަޅާފައެވެ. އިމްރާން ގެންދަވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ގާނޫނީ މައްސަލަތަކަކީ ރޭވުމެއްގެ ތެރެއިން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ދަނީ ވިދާޅުވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާދީއްތަ ދުވަހު ވޯޓު ލާފައިވަނީ އިމްރާންގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށެވެ. ޕީޓީއައިން ބުނަނީ އަމިއްލަގޮތުން ވާދަކުރާއިރު ވާދަކުރެވޭ 266 ގޮނޑީގެ ތެރެއިން 177 ގޮނޑި އެ ޕާޓީގެ މެންބަރުން ކާމިޔާބުކޮށްފައި ވާކަމަށާއި، ގާނޫނުގެ ދަށުން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް އޮތޯރިޓީން ބުނަނީ އެ މީހުންނަށް ލިބުނީ އެންމެ 93 ގޮނޑި ކަމަށާއި، ސަރުކާރު އެކުލަވާލީ ޕީއެމްއެލްއެންއާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)، އަދި ކުދި ޕާޓީތައް ހިމެނޭ ކޯލިޝަނަކުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ

13 އޯގަސްޓު 2017
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް