Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޑީސީގެ ޚިޔާނާތުގެ މައްސަލަ

އާރްޑީސީގެ ޚިޔާނާތުގެ މައްސަލަ ނުބަލަން ކުރީ ސަރުކާރުން ނުފޫޒު ފޯރުވާފައެއް ނުވޭ - ފުލުހުން

އާރްޑީސީގެ 3 މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ، ގަވާއިދާ ޚިލާފަށް ޖަމާކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 މާރިޗު 2024 | އާދީއްތަ 14:46
ފުލުހުންނާއި އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުންނާއި އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޚިޔާނާތުގެ މައްސަލަ ނުބަލަން، ކުރީ ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ، އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ހުށަހެޅީ 2022 ވަނަ އަހަރު ކަަމަށް ވާއިރު އެ މައްސަލަ ނުބަލައި ދިގުލައިގެން ދިޔައީ ކޮން ކަމެއް ފުރިހަމަ ނުވެގެންތޯއާއި، އަދި މި މައްސަލަ ނުބެލުމަށް ކުރީގެ ސަރުކާރުން ނުފޫޒު ފޯރުވީތޯ ދަންނަވާފައެވެ. ޖަވާބުގައި، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ހެޑް، އަހްމަދު ނާފިޒް ވިދާޅުވީ މި މައްސަލަ ނުބަލަން އެއްވެސް މިންވަރަކަށް ކުރީ ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާކަމަށެވެ. އަދި މި މައްސަލަ ބަލަން މިހާރުގެ ސަރުކާރުންވެސް ނުފޫޒު ފޯރުވަމުން ނުދާކަމަށާއި، ފުލުހުން މި މައްސަލަ ބަަލަމުން ދަނީ މިނިވަންކަމާއެކު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާފިޒް އެފަދައިން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން އެ މައްސަލަ ބަަލަން ހުރަސްއެޅިކަމަށް ބުނެ، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ ކުރީ ސަރުކާރަށާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރެއެެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ 2022 ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނިނަމަވެސް، 2023 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް އެކަމާގުޅޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މަޖިލިސް އިންތިޚާބާ މިހާ ކައިރިވެފައި ވަނިކޮށް މި މައްސަލަ ބަލާކަން ހާމަކުރީ، އެކަމާ ގުޅުވައިގެން ސިޔާސީ މަގުސަދެއް ހާސިލްކުރާކަށް ނޫންތޯ އާއްމުން ސުވާލު އުފައްދައެވެ. އެފަދަ ތުހުމަތުތަކަށް ވެސް ނާފިޒް ވަނީ ރައްދު ދެއްވާފައެވެ. ނާފިޒް ވިދާޅުވީ ފުލުހުން އަމަލުކުރަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ސިޔާސީ ގޮތުން އަނިޔާއެއް ދިނުމަށް، ނުވަތަ ސިޔާސީ ބޭނުމެއްގައި ފުލުހުން އެއްވެސް މައްސަލައެއް ނުބަލާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް މި މައްސަލައިގައި އެނގެންހުރި މައުލޫމާތަށް ބަލާއިރު، އާރްޑީސީގެ 3 މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވާއިދާއި ޚިލާފަށް ޖަމާކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެތެރެއިން އެއް މުވައްޒަފެއްގެ އެކައުންޓަށް 11 މިލިއަން، އަދި ބާކީ ދެ މީހުންގެ އެކައުންޓަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން، މަނީ ލޯންޑަރކުރުމުގެ އަމަލުތައް ހިންގާފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު