Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނައިޖީރިޔާގެ އެކްޓަރަކު މަރުވުން

މިސްޓަރ އިބޫ މަރުވެއްޖެ!!

އެތައް ފަހަރަކު އޭނާއަށް ޒަހަރު ދީގެން މަރާލަން އުޅެފައިވާކަމަށް ނައިޖީރިޔާގެ ނޫސްތައް ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 މާރިޗު 2024 | އާދީއްތަ 13:59
ނައިޖީރިޔާގެ އެކްޓަރު ޖޯން އޮކަފޯ (މިސްޓަރ އިބޫ)

ނައިޖީރިޔާގެ އެކްޓަރު ޖޯން އޮކަފޯ (މިސްޓަރ އިބޫ)

ނައިޖީރިޔާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖޯން އޮކަފޯ، ނުވަތަ މަޝްހޫރު ނަމުންނަމަ "މިސްޓަރ އިބޫ" އުމުރުން 62 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އެކްޓަރސް ގިލްޑް އޮފް ނަޖީރިޔާގެ ރައީސް އެމެކާ ރޮލަސް އިއުލާން ކުރެއްވި ގޮތުގައި "މިސްޓަރ އިބޫ" މަރުވެފައިވަނީ ކާޑިއެކް އެރެސްޓެއްގައެވެ.   

އޮކަފޯ މަޝްހޫރުވެފައި ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން އޭނާ ކުޅުނު ފިލްމް "މިސްޓަރ އިބޫ"ންނެވެ. އެ ފިލްމަށްފަހު އޭނާގެ ނަމަކަށްވެސް ވެފައިވަނީ މިސްޓަރ އިބޫއެވެ. މިއަދާ ހަމަޔަށް އައިއިރުވެސް އެފިލްމް ހިމެނިގެން ގޮސްފައިވަނީ ނައިޖީރިޔާގައި އުފެއްދި މަޖާ ފިލްމުތަކުގެ އެއްވަނަައިގައެވެ. އޭގެ ފަހުންވެސް މަޝްހޫރުވި އެތައް ފިލްމެއް މިސްޓަރ އިބޫ ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ނައިން ވައިވްސް"، "މިސްޓަރ އިބޫ އިން ލަންޑަން" އަދި "ކެޒިއާ" (Keziah) ހިމެނެއެވެ

މިސްޓަރ އިބޫގެ މަރާ ގުޅިގެން ނައިޖީރިޔާއާއި ފިލްމީ ދުނިޔޭގެ އިސް ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ނައިޖީރިޔާގެ ލޯކަލް ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވީ ލޭގޯސްގެ އާދައިގެ ހޮސްޕިޓަލެއްގައެވެ.

މިސްޓަރ އިބޫގެ ސިއްހީ އަދި އާއިލީ މައްސަލަތަކެއް އުޅޭކަން ވަނީ މިދިޔަ އަހަރު ފެންމަތިވެފައެވެ. އޭނާގެ އެއް ފައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބުރިކޮށްލާފައި ވާއިރު، އާއިލާ ތެރޭގައިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ވަނީ ހާމަވެފައެވެ. ދެ ދަރިން ގުޅިގެން އިބޫގެ ފޯން ހެކްކޮށް 60،700 ޑޮލަރު ވަގަށް ނެގި މައްސަލައެއް އޭނާ ކޯޓަށް ހުށަހަޅާފައި ވާއިރު، މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. މިސްޓަރ އިބޫގެ ހަޔާތުގެ ފަހު އަހަރުތަކުގައި ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެތައް ފަހަރަކު އޭނާއަށް ޒަހަރު ދީގެން މަރާލަންވެސް އުޅެފައިވާކަމަށް ނައިޖީރިޔާގެ ނޫސްތައް ބުނެއެވެ.

މިސްޓަރ އިބޫ މަރުވިއިރު އޭނާގެ 13 ދަރިން ތިބޭކަމަށް ޚަބަރުތައް ބުނެއެވެ.   

އިތުރަށް ކިޔާލަން

11 ޖޫން 2017

ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ

11 ޖޫން 2017
ބެޓްމޭންގެ އެކްޓަރ އެޑަމް މަރުވެއްޖެ
24 މެއި 2017

އެކްޓަރު ރޮޖާމޯ މަރުވެއްޖެ

24 މެއި 2017
އެކްޓަރު ރޮޖާމޯ މަރުވެއްޖެ
19 މެއި 2017

ކްރިސް ކޯނެލް މަރުވެއްޖެ

19 މެއި 2017
ކްރިސް ކޯނެލް މަރުވެއްޖެ
18 މެއި 2017

"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ

18 މެއި 2017
"ނާމްކަރަން" ގެ ދަޔާވަންތީ މަރުވެއްޖެ
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
19 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު